ރިޔާސީ ޓިކެޓްލިބޭނީ ޕްރައިމަރީއަކުން، ރައީސް ޞާލިހަށް ޓިކެޓްލިބުނީ އަޅުގަނޑު ދިނުމުން: ނަޝީދު

ރިޔާސީ ޓިކެޓްލިބޭނީ ޕްރައިމަރީއަކުން، ރައީސް ޞާލިހަށް ޓިކެޓްލިބުނީ އަޅުގަނޑު ދިނުމުން: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޓިކެޓަކީ އަބަދުވެސް ޕްރައިމަރީއަކުން ލިނޭނެ ޓިކެޓެއް ކަމަށާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ ޓިކެޓް ދޫކޮށް ލެއްވުމުންކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިނގިރޭސި ވިލާތުގައި ހުންނަވައިގެން މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓަކީ އަބަދުވެސް ޕްރައިމަރީއަކުން ކަނޑައަޅާ ޓިކެޓެއްކަމަށެވެ. އެންމެ ފަހުން ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ރައީސް ޞާލިހަށް ޕްރައިމަރީއަކާއި ނުލައި ލިބިފައިވަނީ ރައީސް ނަޝީދަށް ލިބިފައިވާ ޓިކެޓް، އެމަނިކުފާނަށް ދިނުމަށް ނިންމުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

2023 ގައިވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަނޑައެޅިގެންދާނީ މި އުސޫލުންކަމަށް ދޭހަވާގޮތަށް ރައީސް ނަޝީދުވަނީ މިއަދު ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި ތާއީދު ކުރައްވާނީވެސް ޤައުމީ މަޖިލީހުގައި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅުންނަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ އަންނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނިޒާމާއި ގުޅޭގޮތުން ބޭއްވުންކަމަށެވެ. އަދި އެޖާގަ އެބައޮތްކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު އެޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ކުރީގެ ލީޑަރ އިބްރާހީމް މުޙައްމަދު ސޯލިހު ( އިބޫ )އަށް ދޭން ނިންމައިފައިވަނީ  2018 ވަނަ އަހަރުގެ ޖޫން މަހު އއ. އުކުޅަހުގައި ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައެވެ. މިހާރުގެ ރައީސް ޞާލިހަށް ޓިކެޓްދޭން ހުށެހެޅި ހުށެހެޅުންފާސްވީ ކޮންގްރެސްގައި ބައިވެރިވި 791 މެންބަރުންގެ އިއްތިފާޤުންވަނީ ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *