ފިޔާޒާއި ހަސަނު މައްސަލައިގައި ހެތްކެއްގެ ގޮތުގައި އައިޝާ ބަަލައި ނުގަތީ ގޯސްކޮށް

ފިޔާޒާއި ހަސަނު މައްސަލައިގައި ހެތްކެއްގެ ގޮތުގައި އައިޝާ ބަަލައި ނުގަތީ ގޯސްކޮށް

އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު އާއި ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ) ހުސައިން ފިޔާޒު މޫސާގެ މައްޗަށް ކުރުމިނަލް ކޯޓުގައި ކުރާ ގަޒްފުގެ ދައުވާގައި ދިފާއީ ހެތްކެއްގެ ގޮތުގައި އެ މައްސަލައިގައި ހިމެނޭ  ސ. މީދ،ޫ ޝީޝ،ާ އާއިޝަތު އީޝާ އަޝްރަފް ބަލައި ނުގަތުމަށް ނިންމީ ގޯސްކޮށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ، އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު އާއި ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ) ހުސައިން ފިޔާޒު މޫސާގެ މައްޗަށް ކުރުމިނަލް ކޯޓުގައި ދައުލަތުން ކޮށްގައިވާ ގަޒުފު ކުރުމުގެ ކުށުގެ ދައުވާގައި، ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުމަކީ،  ޝަރުއީ ނުވަތަ ގާނޫނީ ހަމަތަކާއި ހިލާފް ނިންމުމެއްކަމަށްބުނެ އެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައެކެވެ.

ހަސަން އާއި ފިޔާޒުގެ މައްޗަށް ގަޒްފުގެ ދައުވާކުރީ، 10 މެއި 2026 ގައެވެ. މި މައްސަލައިގެ ހެކި ހާމަކުރުމުގެ މަރުހަލާގައ،ި އެ ދެމީހުންގެ ފަރާތުން ދިފާއީ ހެކިން ހުށަހެޅިއެވެ.

އެއާއެކު މި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުޙަލާގައ،ި ދައުލަތު ގެ ފަރާތުން ޝަރީއަތުގެކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅިއެވެ.

އެއީ އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވަކި ހެއްކަކީ ޝަރީއަތަށް ގަބޫލު ނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެކެވެ.

މި މައްސަލައިގައި އެ ދެމީހުންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގައި ބަހުސް ހުށަހަޅާފައިވަނީ ތިން ހެއްކަކާ ގުޅިގެން ދަށު ކޯޓުން ނިންމި ނިންމުމެވެ.

ނަމަވެސް ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައ،ި އެ ތިން ހެކިންގެ ތެރެއިނ،ް އެއް ހެކީގެ ބަހުސް ދޫކޮށްލުމަށް މި މައްސަލަ އިސްތިއުނާފުކުރި ފަރާތުން ބުނުމާ ގުޅިގެން ކުރިއަށް ގެންދިޔައީ ދެ ހެކިންގެ މައްސަލައެވެ.

އެއީ ހެކިވެރިޔާ ނުވަ އަކާއި 10 އެކެވެ.

އޭގެ ތެެރެއިން ހެކިވެރިޔާ ނުވަޔަކީ، މ. ދިމްޔާތ،ު މުހައްމަދު މުއިއްޒުކަމަށް ހައިކޯޓުން މި މައްސަލަ ނިންމި ނިންމުމުގައި ބުނެފައިވެއެވެ.

ހެތްކެއްގެ ގޮތުގައި އެފަރާތް ހުށަހެޅި ސަބަބެއްކަމަށް ބުނެފައި އޮންނަނީ، މުއިއްޒުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވާފައިވާކަމަށް ބުނެ ފނ 31 ގެ ގޮތުގައި ހުށަހަޅާފައިވާ ސިޓީގެ ސައްހަކަން ސާބިތުކުރުމަށެވެ. އަދި އެސިޓީއަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީއެއްކަމަށް ވިދާޅުވާނަމ،ަ އެ ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކުނ،ް ޑޮކިއުމަންޓްރީ ބައްލަވާފައި ނުވާކަން ޝަރީއަތަށް ބުނެދިނުމަށާއ،ި މި ސިޓީގައި، ""އާއިޝާ" ވީޑިއޯ ރިޕޯޓުގައި އަޅުގަނޑު ޒިނޭކުރިކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތެއްނެތް ދޮގުވާހަކަތަކެކެވެ،" މިގޮތަށް ބަޔާންކޮށްފައިވާއިރ،ު "ޒިނޭ" އެ ބަސް ޑޮކިއުމަންޓްރީގެ އެއްވެސް ތަނެއްގައި ބޭނުންކޮށްފައި ނުވާކަމާއ،ި ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކަކ،ީ ޑޮކިއުމަންޓްރީގައި ހިމެނޭވާހަކަތަކެއް ނޫންކަން ސާބިތުކުރުމަށެވެ.

ހެކި ވެރިޔާ 10 އަކީ، ސ. މީދ،ޫ ޝީޝ،ާ އާއިޝަތު އީޝާ އަޝްރަފެވެ. އޭނާ ހެތްކެއްގެ ގޮތުގައި ހުށަހެޅީ، ޑޮކިއުމެންޓްރީ އިން އިވޭ އަންހެން މީހާގެ އަޑަކީ މީނާގެ އަޑުކަމަށް ތުހުމަތުކޮށް މައްސަލައިގެ ތަހުގީގުގައި އޭނާގެ މައްޗަށް ގަޒްފުގެ ތުހުމަތުގައި ސުވާލުކޮށްފައިވާއިރު، ޑޮކިއުމަންޓްރީގައި ވާހަކަ ދައްކާ އަންހެން މީހާގެ ވާހަކަތަކުގައި ޒިނޭގެ ތުހުމަތުކޮށްފައިނުވާކަން ސާބިތުކުރުމަށާއ،ި ދައުވާގައި ބަޔާންކުރާ ކަންކަން ނަފީކުރުމަށެވެ.

މި މައްސަލަ ބެލުމަށްފަހު، ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން އިސްތިއުނާފް ކުރުމަށް އެދި  ފިޔާޒާއި ހަސަންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ނިންމުމުގައި ޑރ.މުހައްމަދު މުއިއްޒު އަކީ ޝަރީއަތަށް ގަބޫލު ނުކުރެވޭނެ ހެތްކެއްކަމަށް ކަނޑައެޅި ކަނޑައެޅުން ބާތިލްކުރަންޖެހޭ ސަބަބެއް ނެތްކަމަށް، މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑީޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.

ނަމަވެސް ދިފާއީ ހެތްކެއްގެ ގޮތުގައި އީޝާ އަޝްރަފް ގަބޫލު ނުކުރެވޭނެކަމަށް ދަށު ކޯޓުން ކަނޑައެޅި ކަނޑައެޅުން ފަނޑީޔާރުންގެ އަގުލަބިއްޔަތުން ބާތިލްކުރި ކަމަށްވެސް ހުކުމްގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *