ހަށިގަނޑު ތެރޭގައި ރައްކާކޮށްގެން 82 ބްލެޓްގެ ކޮކެއިން ރާއްޖެއަށް އެތެރެކުރަން އެހީވި މައްސަލައާއެކު ޑްރަގްގެ ހަތަރު މައްސަލައެއްގައި، މ.އިދާލާގެ އާލިފް ވަހީދު 29 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އޭނާގެ މައްވަށް ދައުލަތުން ކޮށްފައި ވަނީ، ޖަދުވަލު އެކެއްގައިވާ މައްތުވާއެއްޗެއް ބޭނުން ކުރުމާއި، ރާއްޖެއަށް އެތެރެ ކުރުމަށް އެހީތެރިވެދިނުމާއި، ބޭނުން ކުރުމުގެ އިތުރުން ކެނަބިހުން މުއާމަލާތްކުރުމުގެ ކުށުގެ ދައުވާއެވެ.
ޖަދުވަލު އެކެއްގައިވަ މައްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ ކޮށްފައި ވަނީ، ދޯހާމަގުން ރާއްޖެއަށް އައި ނައިޖީރިއާގެ ރައްޔިތެއް ކަމަށްވާ އެމެނުއެލް ޖޯންޕޯލް އޮކޯންނާޗީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިއިރު އެކަމުގައި އެހީތެރިވެފައިވާތީއެވެ.
މި މައްސަލައިގައި، ދޯހާ މަގުން ރާއްޖެއަންނަ ފްލައިޓެއްގައި، ދިރުވާލައިގެން ނައިޖީރިއާ މީހަކު މަސްތުވާތަކެތި ގެންނަ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނާ، ގުޅިގެން ފުލުހުން އެއާޕޯޓްގައި އޮޕަރޭޝަނެއް ހިންގިއެވެ.
އެ އޮޕަރޭޝަންގައި، އެމެނުއެލް ޖޯންޕޯލް އޮކޯންނާޗީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ، އޭނާ އެމީހާ ރާއްޖެ އައުމުން، ޝެރަޓަން އިން އޭނާއާ ހަވާލުވި ރެޕާއެކު ޝެރަޓަން މޯލްޑިވްސްގެ ލޯންޗަށް އަރަންދިޔަ ވަގުތުއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން އޭނާބުނީ، މަސްތުވާތަކެތި ހުރީ އޭނާގެ ހަށިގަނޑޫގެ ތެރޭގައި ކަމަށެވެ.
އެހެންކަމުން ފުލުހުން އޭނާ ގޮވައިގެން ހުޅުމާލެ ހޮސްޕިޓަލަށް ގޮސް ސީޓީ ސްކޭން ހަދައިގެން ބެލިއިރު އޭނާގެ ހަށިގަނޑުގެ ތެރޭގައި އެތަކެތި ހުރިކަމަށް ޑޮކްޓަރު ބުނެފަިއވާތީ، ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް އޭނާ ހާޒިރުކޮށް އިޖުރާއީ ލިއުންތައް ފުރިހަމަކުރަންފެށިއެވެ.
ނަމަވެސް އެކަން ކުރަމުން ދަނިކޮށް، ދަނިކޮށް، ބޮޑުކަމުދާން ޖެހިއްޖެ ކަމަށްބުނެ ފާހާނާ ކުރުމުން ފުރަތަމަ ފަހަރަށް ބޮޑުކަމުދިޔަ ތަކެތީގެ ތެެރެއިން 26 ބްލެޓް، ދެވަނަ ފަހަތަަށް ބޮޑުކަމު ދިޔައިރު، 16 ބްލެޓް ތިންވަނަ ފަހަރު 14 ބްލެޓް ވަނީ ނަގައިފައެވެ.
އެއަށްފަހު ދޫޫނިދޫ ކްލިނިކްގައި އޭނާ އެޑްމިޓްކޮށްފައި ވަނިކޮށް، ހަތަރުވަނަ ފަހަރަށް ބޮޑުކަމު ދިޔައިރު 13 ބްލެޓް، ފަސް ވަނަ ފަހަރަށް ތިން ބަލެތް، ހަ ވަނަ ފަހަރަށް ދިޔަިރު ތިން ބްލެޓް ހަތްވަނަ ފަހަރު ހަ ބްލެޓް ނެގިއެވެ.
އޭގެ ހަ ދުވަސްފަހުން އޭނާގެ ސީޓީ ސްކޭނެއް ހެދިއިރު، އިތުރު ބްލެޓެއް ހަށިގަނޑުގައި އޮތްކަމަށް ދައްކާތީ، ކުރިިމިނަލް ކޯޓު އަމުރެއްގެ ދަށުން އޭނާގެ ހަށިގަނޑު ގާތުން ބަލައި ފާސްކުރުމަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށް އަށްވަނަ ފަހަރަށް ބޮޑުކަމު ދިޔައިރު، ފެނުނު ބްލެޓާއެކު ޖުމްލަ 82 ބްލެޓް ވަނީ ނަގައިފައެވެ. އެ ބްލެޓްތަކުގައި ހުރީ ކޮކެއިން ކަމަށް ތަހުލީލު ރިޕޯޓުން ދައްކައެވެ.
މި މައްސަލައާ ގުޅިގެން އަލީފް ހައްޔަރުކުރީ، އެ ނައިޖީރިއާ މީހާ އެއާޕޯޓަށް އައިފަހު، އޭނާގެ ފަހަތުން އެކި ގޮތްގޮތަށް ހަރަކާތެރިވާތަން ފެނިގެންނެވެ.
އަލީފް ހައްޔަރުކޮށް ކުރިއަށްގެންދިޔަ ތަހުގީގުގައި، ޑްރަގާއެކު އެ ނައިޖީރިއާ މީހާ ރާއްޖެ އެތެރެވުމަށް ޝެރަޓަން ރިސޯޓާއި ކ. ގުރައިދޫ ޕާމިން ގެސްޓްހައުސްއިން ބުކިން ހަދައިދީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް އޭނާއަށް އެހީތެރިވެދީފައިވާކަން ވަނީ ސާބިތުވެފައެވެ.
މި މައްސަލައިގެ ދައުވާގައި، ޖަދުވަލު އެކެއްގައިވާ މައްތުވާއެއްޗެއް ކަމަށްވާ ކޮކޭން ރާއްޖެ އެތެރެ ކުރުމުގައި އެހީތެރިވެދީފައިވާކަން އާާލިފްގެ މައްޗަށް ސާބިތުވާތީ، 18 އަހަރަށް ޖަލަށް ކުމާއެކު 75،000 ރފުިޔާއިން ޖޫރިމަނާކޮށް 12 މަސްދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލެންތް އޮތޯރިޓީ (މީރާ) އަށް ދައްކަން ވަނީ ހުކުމް ކޮށްފައެވެ.
ކެނަބިހުން މުއާމަލާތްކުރުމުގެ ދައުވާ އޭނާގެ މައްޗަށް ކުރީ، މ.އީޑަބުލިޔުޓީ ގޭގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައޫލުމާތަކާގުޅިގެން، އޭނާގެ ހާޒިރުގައި ފުލުހުން އެގެއަށް ގޮސް، އޭނާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރިއިރު، އެ ކޮޓަރީގައިހުރި އަލަމާރިއެއްގެ މަތިން ކެނަބިސް އަޅާފައިވާ ފިލްމު ހުސްކުރި ތިން ދަޅު ފެނިގެންނެވެ.
މި މައްސަލައިގައި އާލިފް ބުނެފައިވަނީ، މިއީ މަސްތުގައި ޖެހިގެން އުޅުނުއިރު ބޭނުން ކުރަން ގެންގުޅުނު ތަކެތި ކަމަށެވެ.
އެހެންކަމުން ކެނެބިސް ޕެޑްލް ކުރިކަމަށް އޭނާ އިއުތިރާފްވެފައި ވާތީ ފަސް އަހަރުދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 15،000 ރުފިޔާއިން ޖޫރމަނާކޮށް ތިންމަސްދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދައްކަން ވަނީ ހުކުމްކޮށްފައެވެ.
ޖަދުވަލު އެކެއްގައިވަ މައްތުވާއެއްޗެއް ބޭނުން ކުރުމުގެ ދެ ދައުވާއެއް އޭނާގެ މައްޗަށް ކުރީ، އެއާޕޯޓްގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާ ލައިގެންހުރި ޖިންސުގެ ޖީބުން ކޮކެއިން އަޅާފައުހުރި، ފެނުނު ތިން ރަބަރު ޕެކެޓް ފެނިގެންނާއި، މ.އީޑަބުލިޔުޓީ ގޭގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލުމާތަކާގުޅިގެން، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުޑަކަމުދާ އެއްޗެހި ނަގައި ތަހުލީލު ކުރިއިރު ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާތީއެވެ.
މި ދެ މައްސަލައިން ކޮންމެ މައްސަލައަކަށް ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ.






