މާލޭގެ 48 ބިން ވިއްކުމަށް ހުޅުވާލައިފި، އަކަފޫޓަކަށް 2,000 ރުފިޔާ

މާލޭގެ 48 ބިން ވިއްކުމަށް ހުޅުވާލައިފި، އަކަފޫޓަކަށް 2,000 ރުފިޔާ

’ވެށިފަހި މާލެ' ޕްރޮގްރާމުގެ ދަށުން 2011 ވަނަ އަހަރު ދައުލަތަށް މިލްކުވެފައިވާ ބިންތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމަށް ނިންމައިފިއެވެ.

މި ބިންތައް ވިއްކުމާ ބެހޭ އުސޫލު 2021 ވަނަ އަހަރުގެ ޖޫން 28 ގައި ގެޒެޓްކުރެވިފައިވާއިރު، އެ އުސޫލުގެ ދަށުން ބިންތައް ގަންނަން ޝައުގުވެރިވާ، އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި ގޯތިތަކުގެ ވެރިފަރާތްތަކަށް އަންނަ އާދިއްތަ ދުވަހު ފުރުސަތު ހުޅުވާލާނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ވިއްކުމަށް ކަނޑައަޅާފައިވާ ޖުމްލަ 48 ބިމުގެ ތެރޭގައި މާފަންނުން 21 ބިމާއި، މައްޗަންގޯޅިން 10 ބިމާއި، ގަލޮޅުން 7 ބިމާއި، ހެންވޭރުން 9 ބިމާއި، ވިލިމާލެއިން ބިމެއް ހިމެނެއެވެ. ބިންތަކުގެ ޗާޓު އާދިއްތަ ދުވަހުން ފެށިގެން ވުޒާރާގެ ވެބްސައިޓުން ފެންނާނެއެވެ.

ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އުސޫލުގައިވާ ފޯމާއި ލިޔެކިޔުންތައް އަންނަ މަހުގެ 8 ވަނަ ދުވަހުގެ މެންދުރުފަހު 2 ގެ ކުރިން ހުށަހަޅަންޖެހޭނެއެވެ. ބިން ވިއްކާ އަގަކީ އަކަފޫޓަކަށް 2,000 ރުފިޔާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *