މިދިޔަ މަހުގެ 31 ވަނަ ދުވަހު ކާރަކާއި ސައިކަލެއް ޖެހި ފޭސް ދޭއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެބަަފައިންގެ ތެރެއިން ބައްޕަ މަރުވެއްޖެއެވެ.
މަރުވެފައިވަނީ އުމުރުން 62 އަހަރުގެ ފިރިހެނެކެވެ. އޭނާ އެކްސިޑެންޓްވީ ހާއްސަ އެހީއަށް ބޭނުންވާ އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން ވަޒީފާގެ ކަންކަމުގައި ދަތުރުކުރަނިކޮށެވެ.
އެކްސިޑެންޓުގައި ދަރިފުޅަށްވެސް އަނިޔާތައް ލިބުނެވެ. އެ ދެ މީހުންނަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. ނަމަވެސް، ބައްޕަގެ ސިކުނޑިއަށް ލޭއެޅި ހާލު ވަރަށް ބޮޑަށް ސީރިއަސްވުމާ ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވަނީ ސިކުނޑީގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.
އޭނާ މަރުވީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށެވެ.






