އިސްލާމީ ނަޒަރިއްޔާތުން ހުވަފެން މާނަ ކުރުން

އިސްލާމީ ނަޒަރިއްޔާތުން ހުވަފެން މާނަ ކުރުން

އިސްލާމްދީނުގައި ހުވަފެނަކީ ކޮންފަދަ އެއްޗެއްކަމާއި، ހުވަފެން މާނަ ކުރުމުގެ ޢިލްމާއި އޭގެ އުޞޫލުތަކާ ބެހޭގޮތުން އަލްމަޣްރިބް ޕޮޑްކާސްޓްގައި އިމާމް އަލްމާސް އަދި ޝައިޚް އާމިރު ޝާހީން މަޝްވަރާ ކުރައްވައިފިއެވެ.

މީހުން ދެކޭ ހުވަފެންތަކުގެ ޙަޤީޤަތަކީ ކޮބައިކަމާއި، ހުވަފެން މާނަކުރުމުގައި ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކަށް މިއެޕިސޯޑުގައި ވަނީ އަލިއަޅުވާލައްވާފައެވެ.

ހުވަފެނުގެ ތިން ބައި:

ޝައިޚް އާމިރު ޝާހީން ބަޔާން ކުރެއްވި ގޮތުގައި، ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުގެ އަލީގައި ހުވަފެންތައް މައިގަނޑު 3 ބަޔަކަށް ބެހިގެންވެއެވެ.

1- ރަން ހުވަފެން (الرُّؤْيَا): މިއީ ﷲ ތަޢާލާގެ ޙަޟްރަތުން މަލާއިކަތާ މެދުވެރިކުރައްވައި އަންނަ ތެދު ހުވަފެނެވެ. މިއީ އުފާވެރި ޚަބަރުތަކާއި ނިޝާންތައް އެކުލެވޭ ހުވަފެނެވެ.
2- ޝައިޠާނީ ހުވަފެން (الحُلْم): މިއީ މީހާ ބިރުގަންނަވައި ދެރަކުރުމަށްޓަކައި ޝައިޠާނާ ދައްކާ ނުބައި، ނުވަތަ ބިރުވެރި ހުވަފެންތަކެވެ .
3- ނަފްސުގެ ވާހަކަތައް (أَضْغَاثُ أَحْلَامٍ): މިއީ އިންސާނާ ދުވާލު ސިކުނޑީގައި ވިސްނާ ކަންކަމާއި، އޭނާގެ ނަފްސުގެ ޝުޢޫރުތައް ނިދީގައި ސިފަވެގެންދާ ދިޔުމެވެ. (މިސާލަކަށް ކާތަކެއްޗަށް ބޭނުން ވެގެން ހުރެ ނިދުމުން ކާއެއްޗެހި ފެނުން).

ޝައިޚް ބަޔާން ކުރެއްވި ގޮތުގައި ހުވަފެން މާނަ ކުރުމަކީ ދެކަންތައް އެކުލެވޭ ކަމެކެވެ. އެއީ ދަސްކުރެވޭ އިލްމީ އުޞޫލުތަކަކާއި އަދި ﷲ ތަޢާލާ މުއުމިނުންގެ ހިތަށް އިލްހާމް ކުރައްވާ އިލްހާމެކެވެ.

އިމާމް މާލިކް ރަޙިމަހުﷲ ވިދާޅުވެފައިވާ ފަދައިން، ހުވަފެން މާނަ ކުރުމަކީ ފަތުވާ ދިނުން ފަދަ ނުރައްކާތެރި އަދި މަސްއޫލިއްޔަތު ބޮޑު ކަމެކެވެ. އެހެންކަމުން އެކަމުގެ ޢިލްމު ނެތި ހުވަފެން މާނަކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.

ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން ސާބިތުވާ ގޮތުގައި، ބިރުވެރި ނުވަތަ ނުބައި ހުވަފެނެއް ފެނިއްޖެނަމަ ކަންތައް ކުރަންވީ ގޮތްތައް މިއެޕިސޯޑުގައި ކިޔައިދެއްވިއެވެ:

* ވައަތްފަރާތަށް ތިންފަހަރު ކުޅު ބުރައިގެން ދާކަހަލަ ގޮތަކަށް ފުމެލުން.
* ޝައިޠާނާގެ ކިބައިން ރައްކާތެރިކަމަށް އެދި ޢަޢޫޛު ކިޔުން.
* އެ ހުވަފެނުގެ ވާހަކަ އެއްވެސް މީހަކަށް ނުކިޔައިދިނުން. (އޭރުން އެ ހުވަފެނުގެ ނުބައިކަމުން ރައްކާތެރިވެވޭނެއެވެ).
* ރަނގަޅު، އުފާވެރި ހުވަފެނެއް ފެނިއްޖެނަމަ އެކަން ހިއްސާކުރާނީ އެމީހަކު ދެކެ ލޯބިވާ އަދި ހެޔޮއެދޭ މީހުންނާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *