ޑްރަގް ޓްރެފިކް ކުރި 59 އަހަރުގެ މީހަކު ލައްކައަކުން ޖޫރިމަނާކޮށް 25 އަހަރައް ޖަލަށް

ޑްރަގް ޓްރެފިކް ކުރި 59 އަހަރުގެ މީހަކު ލައްކައަކުން ޖޫރިމަނާކޮށް 25 އަހަރައް ޖަލަށް

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުބިތުވެ، 59 އަހަރުގެ މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުކުމްކޮށްފައި ވަނީ، ދަފްތަރު ނަންބަރު 07 / ސ. މީދޫ, އަބްދުލްވައްހާބު އަހްމަދު (59އ)ގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްޔެ ހުކުމްކުރީ، މަސްތުވާތަކެއްޗާބެހޭ ގާނޫނު ގެ 105 ވަނަ މާއްދާގެ ދަށުންނެވެ.

މިއީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަަނ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 ޖަނަވަރީ 13ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *