"އެކްސްޕޯޓުކުރާ މަސް ރިޖެކްޓްވާ މައްސަލަ ހައްލުކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފިން"

"އެކްސްޕޯޓުކުރާ މަސް ރިޖެކްޓްވާ މައްސަލަ ހައްލުކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފިން"

މިފްކޯއިން މަސް ރިޖެކްޓްވާން އެކްސްޕޯޓު ނުކުރާނެ ކަމަށާއި، އެކްސްޕޯޓު ވުމަށް ފަހު، މަސް ރިޖެކްޓްވާ މައްސަލަ ހައްލުކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "އަހާ" ފޯރަމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ މިމައްސަލައަކީ ޒަމާންވީ މައްސަލައެއް ކަން ފާހަގަކުރައްވާފައެވެ.

ރާއްޖެއިން ރޯ މަހުގެ ގޮތުގައި ބޭރުގެ ބާޒާރަށް އެކްސްޕޯޓު ކުރާ މަހުގެ ތެރެއިން ބައެއް، ބަލައިނުގަނެ ރިޖެކްޓްވާ މައްސަލައާއި ގުޅޭގޮތުން ވަޒީރު އަހުމަދު ޝިޔާމް އާއި އަހާ ފޯރަމުގައި ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯކަން ފާހަގަކުރައްވާފައެވެ. އަދި މިމައްސަލައަކީ މިފްކޯއިން އެކްސްޕޯޓު ކުރާ މަހާއި ގުޅުވައި ފެންމަތިވި މައްސަލައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މީގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު އާންމުކޮށް މަސް ރިޖެކްޓްވާ މިންވަރަށް ވުރެ އިތުރަށް މަސް ބޭރުގެ ކުންފުނިތަކުން ރިޖެކްޓްވަމުންދާކަން ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން ޝިޕްމެންޓްގު 10 އިންސައްތަ ނުވަތަ 12 އިންސައްތަ ރިޖެކްޓްވި ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭރު އެކަން ހިންގަމުންދިޔަ ގޮތަށް ބަލާއިރު، އެކަމުގައި ގޯސްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވުނު ކަމަށްވެސް ވަޒީރު ޝީޔާމް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރައި ހަވާލުވެ މިކަން ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެން ދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިމައްސަލައަކީ ޒަމާންވީ މައްސަލައަކަށްވެފައި މިކަމުގެ ތެރޭގައި ބޮޑެތި "ނެޓްވޯކްތަކެއް" ހުރުމުން އެކަން ރަނގަޅު ކުރާނަމަ، ދިވެހިން މިކަމުގައި ތެދުވެރިވާންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމާއިބެހޭ ވަޒީރު ވަނީ މިހާރު ރާއްޖެއިން އެއްވެސް ވަރަކަށް މަސް ރިޖެކްޓްވާނެ ގޮތަށް މަސް އެކްސްޕޯޓު ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި މިހާރު އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް، ވަޒީރު ވިދާޅުވިއެވެ.

"މިއަދު މަސްގަންނަ ކުންފުނިން، ދިވެހިރާއްޖޭގެ ބަނދަރެއްގައި މަސް ލޯޑު ކުރާ ގަޑީގައި ހުންނާނީ އެ މަސް އިންސްޕެކްޓް ކުރަން. އެހެންވީމަ އެހިސާބުން ރިޖެކްޓްވާ އެއްޗެއް ރިޖެކްޓްވަނީ. އޭގެ މާނައަކީ މިފްކޯގެ ބުކްގައި ރިޖެކްޓްވާކަށް މަހެއް ބޭރެއް ނުވާނެ. އެގޮތަށް އަޅުގަނޑުމެން މި ޢަމަލު ކުރަނީ." މަސްވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝީޔާމް ސިނާއަތަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލުކުރާނަމަ، މިފްކޯގެ އިތުރުން އަމިއްލަ ކުންފުނިތަކަށްވެސް ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށް ބެލުމެއް ނެތި ސިޔާސަތު ބަދަލުކުރުމުގެ ސަބަބުން އަމިއްލަ ކުންފުނިތަކަށް ބޮޑެތި ގެއްލުންވެގެން ދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މިއަދު މަސްވެރިކަމުގެ ސިނާޢަތް ހަމަމަގަށް އެޅުވުމަށް ކުރެވުނު މަސައްކަތުން ނަތީޖާ ފެންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ބޭރުކުރާ މަހުގެ ތެރެއިން ބޮޑު ބައެއް ބޭރުކުރަނީ ރޯމަހުގެ ގޮތުގައެވެ. ރާއްޖޭގައި މަސް ރައްކާ ކުރުމަށް ބޭނުންވާ އެކަށީގެންވާ މިންވަރަށް ކޯލްޑް ސްޓޯރޭޖް ނެތުމުން މިފްކޯއަށް ގަންނަ މަސް އަވަހަށް ބޭރުކުރަން ޖެހެއެވެ. ނަމަވެސް ސަރުކާރުން ދަނީ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *