އެމްޑީޕީ ކޮންގްރެސް ސެޕްޓެމްބަރު 19 ގައި، އަސާސީ ޤަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޑީޕީ ކޮންގްރެސް ސެޕްޓެމްބަރު 19 ގައި، އަސާސީ ޤަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށް، ޕާޓީގެ އަސާސީ ޤަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނި ގޮތުގައި ޕާޓީގެ އަސާސީ ޤަވާއިދަށާއި ސިޔާސަތުތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުޞަތު އޮގަސްޓު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި މުއްދަތުގެ ތެރޭގައި ހުށަހަޅާ އިސްލާހުތައް ދިރާސާކުރުމަށްފަހު، އޮގަސްޓު 31 ގައި އާއްމުކުރުމަށް ވަނީ ނިންމާފައެވެ. މި އިސްލާހުތަކާ މެދު އެންމެ ފަހުގެ ގޮތް ނިންމުން އޮންނާނީ ކޮންގްރެސްގެ ތެރެއިންނެވެ.

ކޮންގްރެސްގެ އިންތިޒާމުތަކާ ގުޅޭގޮތުން އެ ޕާޓީން އިތުރަށް ހާމަކުރި ގޮތުގައި، ކޮންގްރެސްގައި ބައިވެރިވާ ޑެލިގޭޓުންގެ ލިސްޓު ސެޕްޓެމްބަރު 1 ވަނަ ދުވަހު އާއްމުކުރާނެއެވެ. އަދި ބައިވެރިން ރަޖިސްޓަރީވުމުގެ ފުރުޞަތު ސެޕްޓެމްބަރު 5 އިން ފެށިގެން އޮންލައިންކޮށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

އާންމު އުސޫލުން އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ ކޮންމެ 5 އަހަރަކުން އެއްފަހަރު ނަމަވެސް، ޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފި ނަމަ ކޮންމެ އަހަރަކުވެސް ކޮންގްރެސް ބޭއްވިދާނެ ކަމަށް އެ ޕާޓީގެ އުސޫލުތައް ބުނެއެވެ. މިފަހަރުގެ ކޮންގްރެސްއަކީ ޕާޓީގެ ހިންގުމަށާއި ސިޔާސަތުތަކަށް މުހިންމު ބަދަލުތަކެއް ގެނައުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *