ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަށް، ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު ޕާޓީ

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަށް، ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު ޕާޓީ

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް (ޕީއެންސީ) އެއްލައްކަ މެންބަރުން ސޮއިކޮށް، ރާއްޖޭގެ ތާރީޚުގައި އެންމެ މެންބަރުން ގިނަ ޕާޓީއަށް އެ ޕާޓީ ވެއްޖެއެވެ.

ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު 3,000 އެއްހާ މެންބަރުން ތިބި ޕީއެންސީއަށް، ފާއިތުވި ތިން އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ މެންބަރުން ގުޅިފައިވެއެވެ.

ޕާޓީގެ މަތީ މަޖިލީހުގެ ބައްދަލުވުން ބޭއްވިއިރު ޕާޓީއަށް 80,000 އެއްހާ މެންބަރުން ވަދެފައިވެއެވެ. އޭގެފަހުން ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު 20,000 މެންބަރުން ވަދެފައިވެއެވެ.

ޕީއެންސީއަށް 100,000 މެންބަރުން ހަމަވިކަން އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ރަސްމީކޮށް ދައްކާއިރު، މެންބަރުންގެ އަދަދު ލައްކައަށް އަރާފައިވަނީ ރައީސް މުޢިއްޒުގެ ވެރިކަމަށް ތިން އަހަރު ފުރުނު ތާރީޚީ މުނާސަބަތާއި އެއްކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *