ހދ. ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޭނުން ނުކުރެވޭ ވަރަށް ލޯންޗު އަނދާ ހުލިވެއްޖެއެވެ.
ފުލުހުން ބުނީ އެ ހާދިސަ ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 00:20 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ.
އެ ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ އިރު، ފަޅުވެރިޔާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް، ކެޕްޓަނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
ފުލުހުން ބުނީ މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.





