ތިޖޫރީއެއް ފަޅާލައި 4 މިލިއަން ވަގަށްނެގި މީހުންނަށް ދައުވާކޮށްފި

ތިޖޫރީއެއް ފަޅާލައި 4 މިލިއަން ވަގަށްނެގި މީހުންނަށް ދައުވާކޮށްފި

ތިޖޫރީއެއް ފަޅާލައި 4 މިލިއަން ރުފިޔާ ވަގަށްނެގި ބައެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓާޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި މ. ނަލަހިޔާ ރެސިޑެންސްގޭގެ އެޕާޓްމަންޓެއްގައި ހުރި ދެ ތިޖޫރި ތަކަކަށް ގެއްލުންދީ، ފަޅާލައި، އޭގައި ހުރި 3.9 މިލިޔަން ރުފިޔާ ވަގަށްނެގި މައްސަލާގައި ދައުވާކޮށްފައިވަނީ ފަސް މީހުންގެ މައްޗަށް ކަމަށެވެ.

ދައުވާ ކުރި މީހުން:

މ. އޭސިޔާ، އަހްމަދު ފާރިސް

ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުހައްމަދު

ސ. މީދޫ، މޫންލައިޓްވިލާ، މުހައްމަދު އަފްރާހް

ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާއީލް އާސިފް

ޅ. ނައިފަރު، ކަސްތޫރިމާގެ، މުހައްމަދު ނޫރު އަހްމަދު

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންމުމުގެ ދައުވާ، މި ހަތަރު މީހުންގެ މައްޗަށް ވަނީ ކޮށްފައެވެ. އެ ދައުވާގެ އަސާސީ އަދަަބަކީ މީގެ ތެެރެއިން ކޮންމެ މީހަކު ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މީގެ އިތުރުން އަހްމަދު ފާރިސް އާއި ޖަޒީލު މުހައްމަދާއި މުހައްމަދު ނޫރު އަހްމަދުގެ މައްޗަށް އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުުގެ ދައުވާ ކޮށްފައިވެއެވެ.

މީގެ ތެރެއިން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުމުގެ ދައުވާގެ އަސާސީ އަދަބަކީ، ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ދައުވާގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލާގައި ދައުވާލިބޭ މީހުން އަތުން ވަގަށްނެގި ފައިސާ ބަދަލުލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *