މެންބަރު ޖަނާބުގެ ސައިކަލަށް ބަޔަކު ގެއްލުން ދީފި

މެންބަރު ޖަނާބުގެ ސައިކަލަށް ބަޔަކު ގެއްލުން ދީފި

މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު) ބޭނުން ކުރައްވާ ސައިކަލަށް ބަޔަކު ގެއްލުން ދީފިއެވެ.

މި ހާދިސާއާ ގުޅިގެން މެންބަރު ޖަނާބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި އޭނާގެ ސައިކަލަށް ބަޔަކު ގަސްތުގައި ގެއްލުންދިން ދެވަނަ ފަހަރު ކަމަށެވެ. ޖަނާބު ވަނީ އޭނާގެ ސައިކަލަށް ގެއްލުން ދީފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމު ކުރައްވާފައެވެ.

މި އަމަލަކީ ބައެއް މީޑިއާތަކުން ފަތުރަމުންދާ ނަފުރަތުގެ މެސެޖުތަކާއި، ކުރަހަމުންދާ ކާޓޫނުތަކުގެ ސަބަބުން ހިނގާފައިވާ ކަމެއްގެ ގޮތުގައި ޖަނާބު ވަނީ ތުހުމަތު ކުރައްވާފައެވެ. މިގޮތުން "އަދަދު"، "ރާއްޖެ ޓީވީ" އަދި "މިހާރު" ނޫސް ޓެގް ކުރައްވައި ޖަނާބު ވިދާޅުވީ، އެ ނޫސްތަކުން ފަތުރާ ހޭޓްސްޕީޗާއި ކުރަހާ ކާޓޫނުތަކުގެ ސަބަބުން، އެ ނޫސްތަކަށް ތާއީދުކުރާ މީހަކު އޭނާގެ ސައިކަލަށް ގެއްލުންދިން ކަމަށް ބެލެވޭނެ ޖާގަ ވަރަށް ބޮޑު ކަމަށެވެ.

ޖަނާބު އިތުރަށް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ އެފަދަ ކާޓޫނެއް ކުރެހި ފަހުން ކަމަށާއި، މީޑިއާ ތަކުން ފިތުނަ ފެތުރުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

މެމްބަރުގެ ސައިކަލަށް ގެއްލުން ދީފައިވާ ފޮޓޯ

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މުދަލަށް މިފަދަ ގެއްލުމެއް ދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *