އަޅުގަނޑަކީ އެމްޑީޕީ އުފައްދަން އުޅުނު މީހެއް، މިހާރު އެ ޕާޓީގެ މިސްރާބު ހުރީ އުފެއްދި މަގުސަދާ ހިލާފަށް: ޖަނާބު

އަޅުގަނޑަކީ އެމްޑީޕީ އުފައްދަން އުޅުނު މީހެއް، މިހާރު އެ ޕާޓީގެ މިސްރާބު ހުރީ އުފެއްދި މަގުސަދާ ހިލާފަށް: ޖަނާބު

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވައި، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅެއް ކަމަށްވާ އިބްރާހީމް މުޙައްމަދު (ޖަނާބު) ފާޑުވިދާޅުވެއްޖެއެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރުކަން ކުރައްވާ ޖަނާބު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރުޙޫމް މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އާއެކު ސްރީލަންކާގައި އެމްޑީޕީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތުގައި އުޅުއްވި ބައިވެރިއެއްގެ ހައިސިއްޔަތުން މިއަދު ދޭން އޮތް ނަސޭހަތަކީ ޕާޓީގެ މިސްރާބު ރަނގަޅު ކުރުން ކަމަށެވެ.

ޖަނާބު ވިދާޅުވި ގޮތުގައި، ފާއިތުވި ތަނުގައި އެމްޑީޕީގެ ލީޑަޝިޕުން އަމަލު ކޮށްފައި ވަނީ ޕާޓީ އުފެއްދި އަސްލު މަގުސަދާ ބޮޑުތަނުން ހިލާފަށެވެ. އަދި މިހާރުވެސް ޕާޓީގެ މިސްރާބު ހުރީ ހަމަ އެ މަގަށް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"މިކަން ރަނގަޅު ކޮށްދެއްވާށޭ،" ޖަނާބު ވިދާޅުވިއެވެ.

މި ފާޑުކިޔުންތައް އަމާޒުވެފައި ވަނީ، އެމްޑީޕީން ރާއްޖެއަށް އިސްލާހީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައި ދިނުމުގައި ކުރި މަސައްކަތް ތާރީޚުން ފެންނަން އޮތް ކަމަށާއި، އަބަދުވެސް ދެމިތިބޭނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގައި ކަމަށް ރައީސް ޞާލިޙް ވިދާޅުވުމާ ގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *