އަދުރޭގެ ރައްދު ނަޝީދަށް: ޕީއެންސީ ބައިބައި ކުރަން ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނެތް

އަދުރޭގެ ރައްދު ނަޝީދަށް: ޕީއެންސީ ބައިބައި ކުރަން ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނެތް

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރޫޅެމުންދާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުﷲ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަޙީމް ވިދާޅުވީ، ޕީއެންސީ ބައިބައި ކުރުމުގެ މަގްސަދުގައި ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށާއި، ބަޔަކު ދައްކާހާ ވާހަކަޔަކަށް ޕީއެންސީ ނުގުޑާނެ ކަމަށެވެ. ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އަދި އެންމެ ބަދަހި ސިޔާސީ ޕާޓީ ކަމަށާއި، އެއީ ބިނާކުރަނިވި ފިކުރުގެ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅި މި ޕާޓީ އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ގަދަކޮށް." އަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައީސް ނަޝީދު ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، ޕީއެންސީ މިހާރު "ހަމަ އެއްކޮށް ރޫޅެނީ" ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަން ރައްޔިތުންނަށް ސާފުކޮށް ފެންނާނެ ކަމަށެވެ. އަދި ޕީއެންސީގެ ކޮންގްރެސްއެއް ބާއްވަން ތައްޔާރުވަމުންދާއިރު، އެ ކޮންގްރެސްގައި ޕާޓީގެ ރައީސްކަމުން ޑރ. މުޢިއްޒު ދުރުކުރަން މަސައްކަތް ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ޕީއެންސީގެ ލީޑާޝިޕުން އަންނަނީ މި ވާހަކަތައް ދޮގުކޮށް، ޕާޓީގެ ސަފުތައް ބަދަހިކޮށް އޮތް ކަމަށާއި، ޕީއެންސީން އަބަދުވެސް އިސްކުރާނީ ދިވެހީންނާއި ދިވެހި ގައުމު ކަމަށް ބުނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *