ލަންޑަނުގެ "ރިއަލް އެސްޓޭޓް"ގެ ރަސްކަން ގަތަރުގެ އަތްމަތީީގައި

ލަންޑަނުގެ "ރިއަލް އެސްޓޭޓް"ގެ ރަސްކަން ގަތަރުގެ އަތްމަތީީގައި

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ގަތަރުގެ ޝާހީ އާއިލާ (ހައުސް އޮފް އާލް-ޘާނީ) އާއި ގަތަރު އިންވެސްޓްމަންޓް އޮތޯރިޓީ އިން ބިނާކޮށްފައިވާ މާލީ އަދި ބިންތައް ވަރަށް ބައިވަރު އެބަހުއްޓެވެ. ފަހުގެ ހޯދުންތަކާއި "ލޭންޑް ރެޖިސްޓްރީ" ގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި، ލަންޑަނުގެ އެންމެ އަގުބޮޑު އަދި ފާހަގަ ކޮށްލެވޭ ބައެއް ބިނާތައް މިހާރު ހުރީ ގަތަރުގެ މިލްކިއްޔާތުގައެވެ. މި ސަރަޙައްދުތަކުގެ ބޮޑުމިން އިނގިރޭސި ރަސްގެފާނުގެ އަމިއްލަ ފޫޓްޕްރިންޓަށްވުރެ ބޮޑެވެ.

އިނގިރޭސި ރަސްކަމުގެ ބިމުގެ މިލްކިއްޔާތު ބެހިގެންވާ ގޮތުގެ މައްޗަށެވެ. ކިންގް ޗާލްސްގެ އަމިއްލަ މިލްކިއްޔާތުގައި ލަންޑަނުގައި އޮންނަނީ ވަރަށް ކުޑަ ބިމެކެވެ. ބަކިންގްހަމް ޕެލަސް އަދި ވިންޑްސަރ ކާސަލް ފަދަ ތަންތަނަކީ "ދަ ކްރައުން އެސްޓޭޓް" ގެ ދަށުން ހިނގާ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ތަންތަނެވެ. އެއީ ރަސްގެފާނަށް ވިއްކާލެވޭނެ ނުވަތަ އަމިއްލައަށް މުޢާމަލާތް ކުރެވޭނެ ތަންތަނެއް ނޫނެވެ.

ގަތަރުގެ ސަރުކާރާއި ޝާހީ އާއިލާއިން ވަނީ ލަންޑަނުގެ 4،000 އަށްވުރެ ގިނަ ބިމުގެ ރެޖިސްޓްރީ އަމިއްލަ ނަމުގައާއި ސަބްސިޑިއަރީ ކުންފުނިތަކުގެ ނަމުގައި ބަދަލު ކޮށްފައެވެ. މީގެ ތެރޭގައި 21 މިލިއަނަށްވުރެ ގިނަ އަކަފޫޓުގެ ސަރަޙައްދު ހިމެނެއެވެ.

އެހެން ކަމުން، ރަސްގެފާނު ޗާރލްސްގެ އަމިއްލަފުޅު މާލީ ހިސާބުތަކާ އަޅާބަލާއިރު ގަތަރުގެ މިލްކިއްޔާތު މާ ބޮޑެވެ.
ލަންޑަންގެ މޭފެއަރ ސަރަޙައްދުގެ ހަތަރުބައިކުޅަ އެއްބައި ބިން މިހާރު ކޮންޓްރޯލް ކުރަނީ ގަތަރުން ކަމަށްވުމުން، އެ ހިސާބަށް މަޖާޒީ ގޮތުން "ލިޓްލް ދޯހާ" އޭވެސް ކިޔައެވެ.

ގަތަރުގެ މި އިންވެސްޓްމަންޓް ތަކަކީ ހަމައެކަނި ފައިދާ ހޯދުމަށް ކުރާ ކަންކަމެއް ނޫނެވެ. މިއީ "ސޮފްޓް ޕަވަރ" ނުވަތަ ސިޔާސީ އަދި އިޤްޠިޞާދީ ނުފޫޒު ހުޅަނގުގެ ބާރުތަކުގެ މައްޗަށް ހިންގުމަށް ބޭނުންކުރާ އުކުޅެކެވެ. ލަންޑަންގެ ހީތުރޯ ވައިގެ ބަނދަރު ގެ 20 އިންސައްތަ އަދި ސެއިންސްބަރީސް ސުޕަމާކެޓްގެ 14 އިންސައްތަ އަށްވުރެ ބޮޑު ހިއްސާއެއް ގަތަރުން ހިފަހައްޓާފައި އޮތުމަކީ އިނގިރޭސިވިލާތުގެ ޢާންމު ދިރިއުޅުމުގެ މައްޗަށް ގަތަރުގެ ނުފޫޒު އޮތް މިންވަރު ހާމަކޮށްދޭ ކަމެކެވެ.

މިކަމުން އެނގެނީ މީޑިއާތަކުގައި ދެކެވޭ ވާހަކައަކީ ޙަޤީޤަތެއް ކަމެވެ. އިނގިރޭސިވިލާތުގެ ތާރީޚީ ރަސްކަމުގެ ރަމްޒުތައް ހުއްޓަސް، ވެރިރަށް ލަންޑަންގެ "ރިއަލް އެސްޓޭޓް" ބާރު މިހާރު އޮތީ ބޭރުގެ މުއްސަނދި ޤައުމެއް ކަމަށްވާ ގަތަރުގެ އަތްމަތީގައެވެ. މިއީ ދުނިޔޭގެ ބާރުގެ މިސްރާބު ބަދަލުވަމުންދާ ގޮތުގެ ދިރިހުރި މިސާލެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *