ލިވަޕޫލް ސަޕޯޓަރުން ޔުނައިޓެޑް ފޭނަކަށް ހެދި 'ބޮޑު ދޮގު'

ލިވަޕޫލް ސަޕޯޓަރުން ޔުނައިޓެޑް ފޭނަކަށް ހެދި 'ބޮޑު ދޮގު'

ފުޓުބޯޅައިގެ ވާދަވެރިކަމަކީ ބައެއް ފަހަރު އިންތިހާއަށް ދާ ކަމެކެވެ. މެކްސިކޯގެ ކަންކުންގައި ޗުއްޓީ ހޭދަކުރަނިކޮށް ދިމާވި މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރު ސްޓިއުއާޓް ސްލޭން އާއި ލިވަޕޯލް ސަޕޯޓަރުންތަކެއްގެ ދެމެދުގައި ހިނގި ބަހުސްތައް ނިމުނީ ހީވެސް ނުކުރާ ފަދަ ނުރައްކާތެރި ޕްރޭންކަކުންނެވެ.

މެކްސިކޯގައި ޗުއްޓީ ހޭދަކުރުމުގެ ތެރޭގައި ފުޓުބޯޅައިގެ ވާހަކަތައް ދައްކައި ހޫނު ބަހުސްތަކެއް ކުރެވުނެވެ. އެއްފަހަރަކު ލިވަޕޫލް ސަޕޯޓަރުން ސްލޭން ސްވިމިންގ ޕޫލަށް އެއްލާލިއެވެ.

އިނގިރޭސިވިލާތަށް އެނބުރި އައިސް، އެމީހުން "އެމާ"ގެ ނަމުގައި ފޭކް ފޭސްބުކް އެކައުންޓެއް ހެދިއެވެ. ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން ސްލޭންއަށް ލޯބީގެ މެސެޖުތައް ފޮނުވައި، އޭނާ އަށް ސްކޮޓްލެންޑްގެ އެބަރޑީންގައި ހުރި ދުރު ހިސާބެއްގެ ފާމްހައުސްއަކަށް ދިއުމަށް ދައުވަތު ދިނެވެ.

ސްލޭން ޝެފީލްޑުން ފެށިގެން 9 ގަޑިއިރު ވަންދެން ކާރު ދުއްވާފައި ގޮސް އެތަނަށް ދިޔައިރު އެތަން ހުރީ ފަޅަށެވެ. އެމާގެ ފަރާތުން ލިބުނު މެސެޖުތަކަށް އިތުބާރުކޮށް، އޭނާ ތިން ގަޑިއިރު ވަންދެން ކާރުގައި އިންތިޒާރު ކުރިއެވެ.
ފަހުން އޭނާގެ ފޯނަށް ގުޅި މީހުން ވަނީ އެއީ ލިވަޕޫލް ސަޕޯޓަރުން ކަމަށާއި، މިއީ އެމީހުން ރޭވި ރޭވުމެއް ކަމަށް ބުނެ ސްލޭން މަލާމާތްކޮށްފައެވެ. މި ހުރިހާ މަންޒަރެއް ޔޫޓިއުބްގައި އާންމުކުރުމުން އެ ވީޑިއޯ ވައިރަލްވިއެވެ.

މިކަމުގެ ސަބަބުން ސްލޭންއަށް ނަފްސާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި އުނދަގޫތަކާ ކުރިމަތިވިއެވެ. އޭނާ ބުނި ގޮތުގައި، މިއީ ހަމައެކަނި ޕްރޭންކެއްގެ ގޮތުގައި ބެލެވޭ ވަރަށް ވުރެ މާ އަނިޔާވެރި ކަމެކެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *