އެމްޑީޕީގެ ޗެއަރޕާސަން އިލެކްޓް ރައީސް މުޙައްމަދު ނަޝީދާ އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައި، ޒިންމާދާރު އިދިކޮޅު ޕާޓީގެ ގޮތުގައި ސަރުކާރު ޖަވާބުދާރީކުރުވުމާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ޝާހިދު ވަނީ ޗެއަރޕާސަން އިލެކްޓްގެ މަޤާމަށް ހޮވިވަޑައިގެންނެވި ރައީސް ނަޝީދަށް މަރުޙަބާ ދަންނަވައިފައެވެ. މި ބައްދަލުވުމަކީ ޕާޓީގެ ލީޑަރޝިޕް އެއް ޢަޒުމެއްގައި މަސައްކަތް ކުރައްވާނެ ކަމުގެ ރޫޙު ދައްކައިދޭ ބައްދަލުވުމެއް ކަމަށް ފާހަގަކުރެވެއެވެ.
"ޒިންމާދާރު އިދިކޮޅު ޕާޓީގެ ގޮތުގައި ސަރުކާރު ޖަވާބުދާރީކުރުވުމާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް އަޅުގަނޑުމެންނަށް ކުރެވުނު،" ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ޙަރަކާތްތައް އިތުރަށް ވަރުގަދަކޮށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕާޓީގެ ސަފުތައް ރުކުރުވާލުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ޝާހިދު ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޗެއަރޕާސަން އިލެކްޓަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން އެރުއްވި ކަމަށެވެ.
މި ބައްދަލުވުމަކީ 2028 ގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީގެ ލީޑަރޝިޕުން ގުޅިގެން މަސައްކަތް ފައްޓަވާފައިވާ ކަމުގެ ނިޝާނެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.





