މަހުގެ އެކްސްޕޯޓް 67 ޕަސަންޓު ދަށްވެއްޖެ

މަހުގެ އެކްސްޕޯޓް 67 ޕަސަންޓު ދަށްވެއްޖެ

ރާއްޖެއިން މި އަހަރު މަސް އެކްސްޕޯޓް ކުރި މިންވަރު 67 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ އިން އެޕްރީލްގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓް ކޮށްފައި ވަނީ 10،174 މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 31،300 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.

ރާއްޖެއިން އެކްސްޕޯޓްކުރި ބަހުގެ ބާވަތްތަކާއި އަދަދު:

ތާޒާ އަދި ގަނޑުކުރި ކަޅުބިލަ މަސް 5،890 މެޓްރިކް ޓަންރީނދޫ އުރަހަ ކަންނެލި 1،700 މެޓްރިކް ޓަންތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭޕްރީލްގެ ނިޔަކަށް ދަޅު އަދި ޕޯޗްޑްގެ ގޮތުގައި 1،745 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވެއެވެ.

ރާއްޖެއިން އެންމެ ގިނައިން މަސް އެކްސްޕޯޓްކުރަނީ ތައިލެންޑާއި އިނގިރޭސިވިލާތަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *