ޖޯހަން ވިލްހެމް ރިޓަރ: އަލްޓްރާވައިލެޓް ރޭޑިއޭޝަން ހޯދި ސައިންސްވެރިޔާ

ޖޯހަން ވިލްހެމް ރިޓަރ: އަލްޓްރާވައިލެޓް ރޭޑިއޭޝަން ހޯދި ސައިންސްވެރިޔާ

ޖޯހަން ވިލްހެމް ރިޓަރ އަކީ 18 ވަނަ ގަރުނުގެ ފަހުކޮޅާއި 19 ވަނަ ގަރުނުގެ ކުރީކޮޅުގައި ދުނިޔެ ދުށް އެންމެ ހުނަރުވެރި ޖަރުމަނު ސައިންސްވެރިޔާއެވެ. އޭނާއަކީ ހަމައެކަނި ފިޒިސިސްޓެއް ނޫނެވެ. ކެމިސްޓްރީއާއި ފިލޯސަފީގެ ރޮނގުންވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ.

އޭނާ އުފަންވީ 16 ޑިސެމްބަރު 1776 ސަމިޓްޒް، ޕްރަޝިއާ، މިހާރުގެ ޕޮލެންޑްގައެވެ. އަދި އޭނާ މަރުވީ 23 ޖެނުއަރީ 1810 ޖަރުމަނުވިލާތުގެ މިއުނިކްގައެވެ. އޭނާ މަރުވީ އުމުރުން އެންމެ 33 އަހަރުގައެވެ.

ރިޓަރަކީ "އަލްޓްރާވައިލެޓް" ރޭޑިއޭޝަން ހޯއްދެވި ސައިންސްވެރިޔާގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން، އިލެކްޓްރޯ ކެމިސްޓްރީގެ ދާއިރާގައި އޭނާ ކުރެއްވި މަސައްކަތްތައް ފާހަގަ ކޮށްލެވެއެވެ.

އޭނާ 1804 ވަނަ އަހަރު ކައިވެނިކުރެއްވިއެވެ. އޭނާއަށް ހަތަރު ކުދިން ލިބުނު ނަމަވެސް، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އާއިލާއަށް ބޭނުންވާ އަސާސީ ކަންކަން ފުއްދައިދިނުމުގައި އޭނާ ވަރަށް ބޮޑަށް ނުކުޅެދިފައިވިއެވެ. އޭނާގެ ސިއްހަތު ވަރަށް ބަލިކަށިއެވެ. މީގެ އެއް ސަބަބަކީ، އޭނާގެ އަމިއްލަ ހަށިގަނޑުގައި އިލެކްޓްރިކަލް ތަޖުރިބާތައް ކުރެއްވުން ކަމަށް ބެލެވެއެވެ.
އޭނާ މަރުވީ މާލީ ދަތިކަމާއި ސިއްހީ މައްސަލަތަކުގެ ސަބަބުން ވަރަށް ފަގީރު ހާލެއްގައެވެ. ރިޓަރގެ ސައިންޓިފިކް ހޯދުންތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ކަންކަން ހިމެނެއެވެ. އޭގެތެރޭގައި 1801 ވަނަ އަހަރު، ލޮލަށް ނުފެންނަ ރޭޑިއޭޝަނެއް ވައިލެޓް ކުލައިގެ އަލީގެ ކައިރީގައި ހުންނަކަން ސިލްވަރ ކްލޮރައިޑް ބޭނުންކޮށްގެން އޭނާ ހޯއްދެވިއެވެ.މިއީ އަލްޓްރާވައިލެޓްއެވެ . ފެން ބައިކޮށް، ހައިޑްރޮޖަނާއި އޮކްސިޖަން ވަކިކުރުމުގެ މަސައްކަތް އޭނާ ވަރަށް ފުރިހަމައަށް ކާމިޔާބު ކުރެއްވިއެވެ.މި އީ އިލެކްޓްރޯލައިސިސް އެވެ. މެޓަލްތައް އަނެއް މެޓަލްގެ މަތީގައި ތުނިކޮށް އެޅުވުމުގެ އުކުޅު އޭނާ ފުރަތަމަ ފަހަރަށް ހޯއްދެވިއެވެ. މިއީ އިލެކްޓްރޯޕްލޭޓިންގްއެވެ.

1803 ވަނަ އަހަރު އިލެކްޓްރިކް ހަކަތަ ރައްކާކުރާ ބެޓެރީގެ ކުރީކޮޅުގެ ވައްތަރެއް އޭނާ އުފެއްދެވިއެވެ. މިއީ އެކިއުމިއުލޭޓަރ އެވެ. ރިޓަރއަކީ އޭނާގެ ޒަމާނަށް ވުރެ މާ ކުރިއަށް ވިސްނި، އެހެނަސް އޭނާގެ ހޯދުންތަކަށް ހައްގު މަގާމު ލިބުމުގެ ކުރިން ދުނިޔެ ދޫކުރި ވަރަށް ބޮޑު ސައިންސްވެރިއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *