އޭސީގައި ނިދުމުން ދިފާއީ ނިޒާމު ބަލިކަށިވޭތޯ؟

އޭސީގައި ނިދުމުން ދިފާއީ ނިޒާމު ބަލިކަށިވޭތޯ؟

ހޫނު މޫސުމުގައި އޭސީ ބޭނުން ކުރުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ނަމަވެސް، އޭސީކޮށްފައި ހުންނަ ކޮޓަރި ތަކުގައި ނިދުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް، ޕަލްމޮނޮލޮޖިސްޓުން (ފުއްޕާމޭގެ ބަލިތަކާ ބެހޭ ޑޮކްޓަރުން) ބުނާ ގޮތުގައި މިއީ ހަގީގަތެއް ނޫނެވެ.

ޑރ. މަނަސް މެންގަރު ވިދާޅުވާ ގޮތުގައި، އޭސީގައި ނިދުމަކުން ސީދާ ގޮތެއްގައި ދިފާއީ ނިޒާމެއް ބައްޔެއް ނުވެއެވެ. އޭގެ ބަދަލުގައި، މައްސަލައަކަށް ވަނީ އޭސީ ބޭނުންކުރާ ގޮތެވެ. ރަނގަޅު ފެންވަރަކަށް، ހިތްފަސޭހަ ފިނިހޫނުމިނެއްގައި ނިދުމަކީ ހަށިގަނޑަށް އަރާމު ލިބި، ދިފާއީ ނިޒާމު ރަނގަޅުވުމަށް އެހީތެރިވެދޭ ކަމެކެވެ.

އޭސީގައި ނިދުމުން ކަރުތެރެ ހިކުމާއި އަރިދަފުސް ރޯގާގެ އަލާމާތްތައް ފެންނަނީ ކީއްވެ ހެއްޔެވެ. އޭސީގައި ނިދުމުން ހޭލާއިރު ކަރުތެރެ ހިކިފައި ހުރުމާއި، ނޭފަތް ބެދުން ނުވަތަ ކެއްސުން ފަދަ ކަންކަން ދިމާވަނީ ދިފާއީ ނިޒާމު ބަލިވުމުން ނޫނެވެ. މީގެ މައިގަނޑު ސަބަބުތަކަކީ:

ވައި ހިކުން: އޭސީގެ ސަބަބުން ކޮޓަރީގެ ތެތްކަން (humidity) ދަށްވެ، ނޭފަތާއި ކަރުތެރޭގައި ހުންނަ ތެތްކަން ކެނޑެއެވެ. މިއީ ޖަރާސީމުތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ ގުދުރަތީ ފަށަލައެކެވެ. މިއީ ހިކުމުން ކަރުތެރެ އުނދަގޫވެ، ބަލިވެދާނެ ކަމުގެ އިހުސާސް ކުރެވެއެވެ.
ސާފުތާހިރުކަން ކުޑަވުން: އޭސީގެ ފިލްޓަރުތައް ގިނަ ދުވަސްވެ، ސާފުނުކޮށް ހުރުމުން އޭގެ ތެރޭގައި ހުންނަ ޑަސްމައިޓްސް، ބެކްޓީރިއާ، އަދި އެލާޖަންތައް ވައިގެ ތެރެއަށް ފެތުރެއެވެ. މިއީ ނޭވާލާ ނިޒާމަށް އުނދަގޫކޮށް، ކެއްސުމާއި، ނޭފަތް ބެދުން ފަދަ ކަންކަން މެދުވެރިކުރުވާ ކަމެކެވެ.

ބޭރުގެ ހޫނު މާހައުލުން ވަގުތުން އޭސީކޮށްފައި ހުންނަ ފިނި ކޮޓަރިއަކަށް ވަނުމުން ނޭވާލާ ނިޒާމަށް އުނދަގޫތަކެއް ވެދާނެއެވެ. ޚާއްސަކޮށް އެލާޖީ ހުންނަ މީހުންނަށް މިކަމުގެ އަސަރު ބޮޑެވެ. ނަމަވެސް، މި ފިނިހޫނުމިނުގެ ބަދަލަކީ ސީދާ ރޯގާ ޖެހޭ ސަބަބެއް ނޫނެވެ.

ދުޅަހެޔޮކަމާއެކު އޭސީ ބޭނުންކުރާނެ ގޮތް:

ޑޮކްޓަރުން ލަފާދެއްވަނީ އޭސީ މާ ބޮޑަށް ފިނި ނުކުރުމަށެވެ.

1. ފިނިހޫނުމިން: ކޮޓަރީގެ ފިނިހޫނުމިން 24-26 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުން އެންމެ ރަނގަޅެވެ.
2. ސާފުކުރުން: އޭސީގެ ފިލްޓަރުތައް ގަވާއިދުން ސާފުކުރާށެވެ.
3. ވައި ދައުރުވުން: ކޮޓަރިއަށް ތާޒާ ވައި ވަންނާނެ ގޮތްތައް ހަމަޖައްސާށެވެ.
4. ސީދާ ވައި ނުލިބުން: ނިދާއިރު އޭސީގެ ވައި ސީދާ މޫނަށާއި މޭމައްޗަށް ނުޖެހޭނެ ގޮތަށް އޭސީ ހަރުކުރާށެވެ.
5. ފެން ބުއިން: ހަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމަށް ގިނައިން ފެން ބޯށެވެ.

އޭސީއަކީ ހަށިގަނޑަށް ގެއްލުންހުރި އެއްޗެއް ނޫނެވެ. ރަނގަޅު މިންގަނޑެއްގައި ބޭނުންކޮށް، ސާފުތާހިރުކަމަށް ސަމާލުކަން ދޭނަމަ، އޭސީގައި ނިދުމަކީ ނިދީގެ ފެންވަރު ރަނގަޅުކޮށްދޭ ކަމެކެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *