މި އަހަރު ނިމުމުގެ ކުރިން މި ވެރިކަން ބަދަލު ކުރާނަން، ޕީއެންސީ މެންބަރުން ތިބީ ޕާޓީ ބަދްލު ކުރަން ތައްޔާރަށް: ނަޝީދު

މި އަހަރު ނިމުމުގެ ކުރިން މި ވެރިކަން ބަދަލު ކުރާނަން، ޕީއެންސީ މެންބަރުން ތިބީ ޕާޓީ ބަދްލު ކުރަން ތައްޔާރަށް: ނަޝީދު

މި އަހަރު ނިމުމުގެ ކުރިން މިހާރު ހިނގަމުންދާ ވެރިކަން ބަދަލު ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި ރޭ ބޭއްވި "ހިތަދޫ އުތުރު ދާއިރާ ބައި-އިލެކްޝަން: ސޯބެ 2026 މާލެ ޖަލްސާ" ގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވޭ ވަރަށް ތިން ބައިކުޅަ ދެ ބައި، ތަނަވަސް އަގުލަބިއްޔަތު ހޯއްދަވާނެ ކަމަށެވެ.

"މި އަހަރު ނިމުމުގެ ކުރީގައި މި ވެރިކަން ބަދަލު ކުރާން ވެއްޖެ. ހާސްވެ ނުލައްވާ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު، ތަނަވަސް އަގުލަބިއްތު އިތުބާރު ނެތް ކަމަށް ނެގޭ މިންވަރަށް ވަރަށް ތިންބައިކުޅަ ދެބައި އަޅުގަނޑުމެންގެ އަތަށް ގެންނާނަން އިރާދަކުރެއްވިއްޔާ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން، ޢަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރެވިގެން ނޫނިއްޔާ ވެރިކަން ބަދަލުކުރުމުގެ ކަންތައް ހާސިލުވާނެ ގޮތެއް ނެތެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރަކު ވަކިކުރީ ސޯބެ ހޮވުމަށް ކަމަށާއި ސޯބެ ހޮވަނީ ސީދާ މި ވެރިކަން ބަދަލު ކުރުމަށް ކަމަށެވެ. ހަމައެއާ އެކު، ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގައި އެންމެ ފުރަތަމަ ސޮއި ކުރައްވާނީ ސޯބެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ޕާޓީ ބަދަލުު ކުރައްވައި، ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރައްވާނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންވެސް ވެރިކަން ބަދަލު ކުރުމަށް ވަރަށް ބޮޑަށް ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *