ތަފާތު ހިޔާލުތައް އެއްފަރާތްކޮށް، ކުރީގެ ތިން ރައީސުން އެކުގައި ގައުމު ސަލާމަތް ކުރަން ނުކުތުމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ގޮވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ހިލާފުުވެވަޑައިގެންފައިވާ ކަމަށެވެ.
"ތަފާތު ވިސްނުންތައް އެއްފަރާތްކޮށް ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ. މިއީ ރައީސް ނަޝީދު، ރައީސް ސޯލިހު، އަދި ރައީސް ޔާމީން އެކުގައި ނުކުމެ ގައުމު ސަލާމަތްކުރަންވީ ވަގުތު،" ފައްޔާޒް ލިޔުއްވި އެވެ.
ފައްޔާޒް ވަނީ ރައްޔިތުން ތިބީ ތިން ރައީސުންނާއެކު، ސަރުކާރާ ދެކޮޅަށް ފަސްނުޖެހި ތެދުވަން ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން، އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހްޒާނާއި ލީވާން އަލީ ނާސިރު ބަންދުކުުރި ކުުރުުމަށް އިޝާރާތް ކުުރައްވައި ފައްޔާޒް ވަނީ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކަށް، ދެ ނޫސްވެރިން ވަގުުތުން ދޫކޮށްލުުމަށް ގޮވާލައްވާފަ އެވެ.





