ނޫސްވެރިކަމަށް ދެމުންދާ ހަމަލާތައް ކާމިޔާބު ނުވާނެ: ސޯލިހު

ނޫސްވެރިކަމަށް ދެމުންދާ ހަމަލާތައް ކާމިޔާބު ނުވާނެ: ސޯލިހު

ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ދެމުން އަންނަ ހަމަލާތައް ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރު 10 ދުވަހަށް، އަދި ޝަހުޒާން 15 ދުވަހަށް ޖަލަށްލި ފަހުން، ސޯލިހު ވަނީ ރޭ އެކްސްގައި ޕޯސްޓެއް ކުރައްވާ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.

"މިއީ ޝަރުއީ ދާއިރާގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމުގެ ސާފު ހެއްކެއް. ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދެވޭ މިފަދަ ހަމަލާތައް ކާމިޔާބެއް ނުވާނެ،" ސޯލިހު ލިޔުއްވި އެވެ.

ސޯލިހު ވަނީ، ގާނޫނުއަސާސީ ކަށަވަރު ކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމުގައި ދުވަހަކުވެސް ފަހަތަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ދެ ނޫސްވެރިންގެ ހައްޔަރަކީ ނޫސްވެރިކަމަށް ބިރުދައްކައި ރައްޔިތުންގެ ފާޑުކިޔުންތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ ލަދުވެތި ކަމެއް ކަމަށް ސިފަ ކުރެއްވިއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *