ބިރު ދެއްކުމުގެ ކުރިމަތީ ނޫސްވެރިން ބަލިވިޔަދީގެން ނުވާނެ: ސޯލިހު

ބިރު ދެއްކުމުގެ ކުރިމަތީ ނޫސްވެރިން ބަލިވިޔަދީގެން ނުވާނެ: ސޯލިހު

ބިރުދެއްކުންތަކުގެ ކުރިމަތީގައި ނޫސްވެރިކަން ބަލިވިޔަދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހް ވިދާޅުވީ، އަމާނާތްތެރިކަމާއި ސާބިތުކަމާ އެކު މަސައްކަތްކުރާ ނޫސްވެރިންނަށް "ސެލިއުޓް" ކުރައްވާ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، މިނިވަން ނޫސްވެރިކަމަކީ ޅަފަތުގައިވާ ޑިމޮކްރަސީއަށް ކޮންމެހެން ބޭނުންތެރި ބަހާއެއް ކަމަށެވެ. ހަމަ އެހެންމެ، އެ މަނިކުފާނުގެ ސަރުކާރުގައި ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 120 ވަނައިން 72 ވަނައަށް ކުރިއަށް ޖެހިލި ކަމަށާއި، އިހުލާސްތެރިކަމާ އެކު މަސައްކަތްކުރުމުން ނަތީޖާ ލިބޭ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ، މިއަދު ފެންނަނީ ނޫސް އިދާރާތަކަށް ފުލުހުން ވަދެ ބަލައިފާސްކޮށް، އެޑިޓަރުން ފުރުން މަނާކޮށް، ހަގީގަތް ފޮރުވުމަށް ހަރުކަށި ގާނޫނުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ތަން ކަމަށެވެ.

"މިފަދަ ދަނޑިވަޅެއްގައި ނޫސްވެރިން ހިތްވަރާ ސާބިތުކަމާ އެކު ދެމިތިބުމަކީ ބޭނުންތެރި ކަމެއް. ބިރުދެއްކުންތަކުގެ ކުރިމަތީ ނޫސްވެރިކަން ބަލިވިޔަދީގެން ނުވާނެ." ރައީސް ސޯލިހް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *