އީރާން ހަނގުރާމަ ދިގުލައިދިއުމަކީ ރަޝިޔާއަށް އޮތް ނުރައްކަލެއް

އީރާން ހަނގުރާމަ ދިގުލައިދިއުމަކީ ރަޝިޔާއަށް އޮތް ނުރައްކަލެއް

އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މޮސްކޯއަށް ބައެއް ފައިދާތައް ކުރަމުންދިޔަ ނަމަވެސް، މި ހަނގުރާމަ ދިގުލައިގެން ދިއުމަކީ ރަޝިޔާގެ މަސްލަހަތުތަކަށް ގެއްލުން ހުރި ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަން ފަށައިފިއެވެ.

2021 ވަނަ އަހަރުން ފެށިގެން އީރާނުން ރަޝިޔާއަށް އަސްކަރީ ގޮތުން ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުން ދިޔަ ނަމަވެސް، އީރާނަށް ކުރިމަތިވެފައިވާ މި ހަމަލާތަކުގައި ރަޝިޔާއިން ފޯރުކޮށްދެނީ ވަރަށް މަދު އެހީތެރިކަމެއްކަން ވަނީ ފާހަގަކުރެވިފައެވެ.

ޔޫކްރެއިން ހަނގުރާމައިގައި ބޭނުންކުރުމަށް އީރާނުން ރަޝިޔާއަށް ގިނަ އަދަދެއްގެ ޑްރޯންތަކާއި ބެލިސްޓިކް މިސައިލްތައް ފޯރުކޮށްދީފައިވާއިރު، ރަޝިޔާގެ މި އަމަލަކީ ގާތް އެކުވެރިންނަށް އެހީތެރިވުމުގައި ރައީސް ލަޑީމިއަރ ޕޫޓިން ފަސްޖެހޭ ކަމުގެ ހެއްކެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ. މީގެ ކުރިން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުނުއިރުގައާއި، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރި ހާދިސާގައިވެސް ރަޝިޔާއިން އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްދީފައެއް ނުވެއެވެ.

ރަޝިޔާއިން އީރާނަށް ފޯރުކޮށްދޭ އެހީތެރިކަން

މި ހަނގުރާމައިގައި ރަޝިޔާއިން އީރާނަށް ފޯރުކޮށްދޭ މައިގަނޑު އެހީތެރިކަމަކީ ގައުމުގެ ދާޚިލީ ހަމަޖެހުން ގާއިމުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީއާއި އިންޓެލިޖެންސް މައުލޫމާތެވެ. އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާއި، އެހެނިހެން އިސްވެރިން މަރުވުމާ ގުޅިގެންވެސް އީރާނުގެ ވެރިކަން ދެމިއޮތުމަށް ރަޝިޔާގެ މި ޓެކްނޮލޮޖީގެ އެހީތެރިކަން ލިބިފައިވާ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށާއި އިސްރާއީލަށް އަމާޒުކޮށް އީރާނުން ދޭ ޑްރޯން ހަމަލާތަކަށް ރަޝިޔާއިން ޖާސޫސީ މައުލޫމާތު ފޯރުކޮށްދޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ޔޫކްރެއިން ހަނގުރާމައިގައި އެމެރިކާއިން ޔޫކްރެއިނަށް ދިން އެހީތެރިކަމުގެ ބަދަލުހިފުމެއްގެ ގޮތުގައި ޕޫޓިން ކުރައްވާ ކަމެއް ކަމަށް ބެލެވެއެވެ.

ޔޫކްރެއިންގެ ދައުރާއި ކުރިމަތިވެދާނެ ގޮންޖެހުންތައް

ނަމަވެސް، އީރާނުގެ މި ހަމަލާތަކުގެ ސަބަބުން ރަޝިޔާއަށް ނުވިސްނޭ ފަދަ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އީރާނުގެ ޑްރޯން ހަމަލާތަކުން ދިފާއުވުމުގެ ތަޖުރިބާ ޔޫކްރެއިނުން މިހާރު ދަނީ އެހެން ގައުމުތަކާ ހިއްސާކުރަމުންނެވެ. މީގެ ސަބަބުން ކުރިން ރަޝިޔާއާ ގާތް ގުޅުމެއް ބޭއްވި ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ތުރުކީ ފަދަ ގައުމުތަކުން ޔޫކްރެއިންގެ އަގު ވަޒަންކުރަން ވަނީ ފަށާފައެވެ.

މޮސްކޯއާއި ތެހެރާނަކީ އެމެރިކާއާ ދެކޮޅު ދެ ގައުމު ކަމުގައި ވިޔަސް، ދެ ގައުމުގެ މަސްލަހަތުތައް މުޅިން އެއްގޮތެއް ނޫނެވެ. އީރާނުގެ ސިޔާސަތަކަށް ވެފައި އޮންނަނީ އެމެރިކާއާ ގާތްގުޅުމެއް ބާއްވާ ކޮންމެ ގައުމަކާ ގާތް ނުވުމުގެ ސިޔާސަތެކެވެ. އެހެންނަމަވެސް ރަޝިއާގެ ސިޔޤސަތު ތަފާތެވެ. އެމެރިކާއާ ގާތް ގައުމުތަކަކަސް ރަޝިއާގެ މަސްލަހަތުތާއި އެއްގޮތް ކަންކަމުގައި ގާތް ގުޅުންތަކެއް އެގައުމުތަކާ ވެސް ބާއްވައެވެ.ބއެއީ އެ ގައުމުތައް އިތުރަށް އެމެރިކާގެ އުނގަށް އެރިޔަ ނުދިނުމަށް ބާއްވާ ގުޅުންތަކެކެވެ.

ހަނގުރާމަ ދިގުލައިގެންދާ ނަމަ، ރަޝިޔާއިން މެދުއިރުމަތީގެ ގައުމުތަކާއެކު ބާއްވާ އިގްތިސާދީ އަދި ސިޔާސީ ގުޅުންތަކަށް ބުރޫއަރައި، އެ ގައުމުތައް އެމެރިކާއާ އިތުރަށް ގާތްވުމުގެ ފުރުސަތު ބޮޑެވެ. ސައުދީ ފަދަ އިގްތިސާދީ ބާރުތަކާއި އޮންނަ ގުޅުން ހީނަތުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ގަލްފުގެ ގިނަ ގައުމުތައް ވެސް ރަޝިއާ ދޫކޮށް ބޮޑަށް އެމެރިކާ ފަޅި ހިޔާރުކުރަން މަޖުބޫރުވުން ގާތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *