ޓެކްސީ ދަތުރުތަކަށް ބޮޑު އަގު ނަގަން ފަށައިފި

ޓެކްސީ ދަތުރުތަކަށް ބޮޑު އަގު ނަގަން ފަށައިފި

ތެލުގެ އަގު އުފުލުމާ ގުޅިގެން، ސަރުކާރުން ކަނޑައަޅާފައިވާ ރަސްމީ އަގުތަކާ ޚިލާފަށް، ޓެކްސީ ސެންޓަރުތަކުން ޑްރައިވަރުންނަށް ދަތުުރުުތަކަށް ބޮޑު އަގު ނަގަން ފަށައިފިއެވެ.

މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ތެލުުގެ އަގު ދުނިޔޭގެ ބާޒާރުގައި އުުފުުލުުމާ ގުޅިގެން، އެސްޓީއޯ ވަނީ އަމިއްލަ ވިޔަފާރިތަކަށް ވިއްކާ ތެލުުގެ އަގު ބޮޑުުކޮށްފައެވެ. ނަމަވެސް، ފެރީ އާއި ޢާންމު ދަތުުރުުފަތުުރުުގެ ޚިދުމަތް ދޭ ފަރާތްތަކަށް ކުރިންވެސް ތެޔޮ ލިބެމުުންދިޔަ އަގުުގައި ދިނުުމަށް ވަނީ ހަމަޖެހިފައެވެ.

ޓެކްސީ ސެންޓަރުުތަކުން ކަނޑައެޅި އާ އަގުުތަކަށް ބަލާއިރު، މާލެއިން ހުުޅުުމާލެ ފޭސް 1 އަށް 95 ރުފިޔާ، ފޭސް 2 އަށް 120 ރުފިޔާ، އަދި ހުުޅުުލެ ދަތުުރަކަށް 85 ރުފިޔާ ނެގުުމަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް، ޓްރާންސްޕޯޓު މިނިސްޓްރީން ރަސްމީ ގޮތުުން ކަނޑައަޅާފައިވާ އަގުުތަކަކީ، ފޭސް 1 އަށް 85 ރުފިޔާ، ފޭސް 2 އަށް 100 ރުފިޔާ، އަދި ހުުޅުުލެ ދަތުރަކަށް 70 ރުފިޔާ ކަމަށްވާތީ، ސެންޓަރުުތަކުން ކަނޑައެޅި އަގުުތަކަކީ ރަސްމީ ހުުއްދަ ލިބިފައިވާ އަގުުތަކެއް ނޫނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، ރަސްމީ ކަނޑައަޅާފައިވާ އަގުުތަކުުގެ ތެރެއިން ނޫން ގޮތަކަށް ދަތުުރު ކުުރެވިދާނެ ފުުރުުސަތެއް ނެތް ކަމަށް ކަށަވަރުުކޮށްދީ، ބޮޑު އަގު ނަގާ ފަރާތްތަކުގެ މައްސަލަ ރިޕޯޓުު ކުުރުުމަށް ރައްޔިތުުންގެ ކިބައިން ވެސް އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *