ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ޕުޓިން ތަޢުޒިޔާ ދަންނަވައިފި

ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ޕުޓިން ތަޢުޒިޔާ ދަންނަވައިފި

ރަޝިއާގެ ރައީސް ލަޑިމިރް ޕުޓިން، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله ސައްޔިދު އަލީ ޚާމަނާއީ ނިޔާވުުމާ ގުޅިގެން، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއަށް ތަޢުޒިޔާ ދަންނަވައިފިއެވެ.

ޕުުޓިން ފޮނުއްވި ތައުޒިޔާ ސިޓީގައި ވިދާޅުުވީ، ޚާމަނާއީ އަވަހާރަކޮށްލި ޖަރީމާ ހިންގާފައިވަނީ "އިންސާނީ ހިލްމާ ބައިނަލްއަގްވާމީ ގާނޫނުުތަކުގެ ހުރިހާ ހަމަތަކަކާ ނިހާޔަތަށް ވިދިގެންގޮސް" ކަމަށެވެ.

ރަޝިއާއަށް ޚާމަނާއީ ފެނިވަޑައިގަންނަވަނީ، ރަޝިއާ-އީރާން ގުުޅުުމަށް ފަރިތަ އަދި އެ ގުޅުން ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ގެ ދަރަޖައަށް ގެންދިއުުމަށް ބޮޑު ހިއްސާއެއް އަދާކުރި  ބޭފުޅެއްގެ ގޮތުގައި ކަމަށް ވެސް ސިޓީގައިވެއެވެ.

އަދި ޚާމަނާއީގެ އާއިލާއާ އެމަނިކުފާނަށް ތަބާވާ އެންމެހޭ އީރާނުގެ ރައްޔިތުންނާ އީރާނުގެ ސަރުކާރާ އެކީގައި ހިތާމަައިގައި ބައިވެރިވާކަމަށް ވެސް ޕުޓިން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *