ޚާމަނާއީ އަވަހާރަކޮށްލި ކަމަށް ބުނާ ވާހަކަ އީރާނުން ދޮގު ކޮށްފި

ޚާމަނާއީ އަވަހާރަކޮށްލި ކަމަށް ބުނާ ވާހަކަ އީރާނުން ދޮގު ކޮށްފި

އިޒްރޭލުގެ ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް އިޒްރޭލުގެ ބައެއް މީޑިޔާތަކުން ފެތުރި ވާހަކަ، އީރާނުން ދޮގުކޮށްފިއެވެ.

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، ގައުމުގެ އިސް ހުރިހާ ލީޑަރުން ވެސް ރައްކާތެރިކަމާ އެކު ސަލާމަތުން ތިބި ކަމަށެވެ. ޚާމަނާއީ އާއި ރައީސް މަސްއޫދު ޕެޒެޝްކިޔާންގެ ސަލާމަތަށް ވަނީ ފުުރިހަމަ ރައްކާތެރިކަން ދީފައިވާ ކަމަށް ވެސް ބުުނެފައިވެއެވެ.

"ދިފާއުގައި ތެދުުވުުމުުގެ ހައްގު އީރާންގެ ވަނީ. އެ ހައްގު ދުުވަހަކުވެސް ދޫކޮށްނުލާނެ،" އަރާގްޗީ ވިދާޅުުވިއެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޚާމަނާއީ އާއި، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އަދި އެ ޤައުމުގެ އިސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ވަނީ އިތުރު ކޮށްފަ އެވެ.

އެގޮތުން އެ ބޭފުޅުންނަށް ފުރިހަމަ ރައްކާތެރިކަން ދެމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *