އީރާނުން ސައުދީގެ ވެރިރަށް ރިޔާދަށް އަމާޒުކޮށް ދިން ހަމަލާ ނާކާމިޔާބު ކޮށްލައިފި

އީރާނުން ސައުދީގެ ވެރިރަށް ރިޔާދަށް އަމާޒުކޮށް ދިން ހަމަލާ ނާކާމިޔާބު ކޮށްލައިފި

އީރާނުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ހަމަލާ ދިންކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.

ނަމަވެސް ސައުދީގެ ދިފާއީ ބާރުތަކުން ހަމަލާތައް ހުއްޓުވައި ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސައުދީ ފޮރިން މިނިސްޓްރީ ނެރުނު ބަޔާނުގައި، "އެއްވެސް ބަހަނާއެއްގެ ދަށުން މިފަދަ ހަމަލާތައް ބަލައިނުގަނެވޭނެ" ކަމަށް ހާމަ ކޮށްފައިވެއެވެ. އަދި "މިއީ އިންސާފެއް ނެތް، ދިފާއު ކުރެވޭނެ ފަދަ އަމަލެއް ނޫން" ކަމަށް ވެސް ބަޔާނުގައިވެއެވެ.

ސައުދީ ސަރުކާރުން ފާހަގަ ކުރި ގޮތުގައި، އީރާނަށް އަމާޒު ކުރެވޭ ހަމަލާތަކުގައި ސައުދީގެ ވައިގެ ސަރަހައްދާ ބިން ބޭނުން ކުރުމަށް ފުުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ކުރިންވެސް އިރާނަށް ދީފައިވާ ކަމަށެވެ. "ސައުދީ ސިޔާދަތަށް ކިހާ ގެއްލުމެއް ލިބެނިވި ކަމެއްކަން ރަނގަޅަށް ދެނެ ތިބެ، ހަމަލާ ދިނީ ކިހިނެތް؟" ކަމަށް ސައުދީ ސަރުުކާރު ސީދާ ސވާލު ކޮށްފައިވެއެވެ.

ސަރަހައްދީ ހަމަނުލެވުުމެއް ފެތުުރެމުުންދިއުމުުގެ ތެރޭގައި ހިނގި މި ހާދިސާ، ތަހްލީލު ކުުރި ފަރާތްތަކުުން ވިދާޅުުވަނީ، ހަމަ ނުުލެވުުން ހަލްފަށް ނުުދިޔަ ނަމަ، ސަރަހައްދީ ހަނގުުރާމައެއްގެ ބިރު ރެތިފިކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *