ރަޝިއާގެ އިދިކޮޅު ލީޑަރު މަރާލީ ބޮކެއްގެ ވިހަ ދީގެން

ރަޝިއާގެ އިދިކޮޅު ލީޑަރު މަރާލީ ބޮކެއްގެ ވިހަ ދީގެން

ރަޝިއާގެ އިދިކޮޅު ލީޑަރު އަލެކްސީ ނަވަލްނީ މަރާލީ ދެކުނު އެމެރިކާގައި އުޅޭ ވިހަގަދަ ބޮކަކުން ނަގާފައިވާ ވިހައެއް ބޭނުންކޮށްގެން ކަމަށް އިނގިރޭސިވިލާތާއި އެކުވެރި ގައުމުތަކުން ބުނެފިއެވެ.

ސައިބީރިއާގެ ޖަލެއްގައި ނަވަލްނީ އަވަހާރަވީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު، ނެދަލޭންޑްސް އަދި ސްވިޑަން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ހަށިގަނޑުން ފެނުނު ސާމްޕަލްތައް ތަހުލީލު ކުރުމުން "އެޕިބަޓިޑީން" ކިޔާ ނުރައްކާތެރި ވިހަ މައްދާއެއް ފެނިފައިވާ ކަމަށެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި އިނގިރޭސި ފޮރިން ސެކްރެޓަރީ އިވެޓް ކޫޕާ ވިދާޅުވީ، ޖަލުގައި ހުއްޓާ މިފަދަ ވިހައެއް ބޭނުން ކުރުމުގެ ފުރުސަތާއި، ބޭނުމާއި، ވަސީލަތްތައް ހުރީ ހަމައެކަނި ރަޝިއާ ސަރުކާރުގެ އަތުގައި ކަމަށެވެ.

ނަވަލްނީގެ ހަށިގަނޑުން ފެނުނީ "އެޕިބަޓިޑިން" އަކީ ދެކުނު އެމެރިކާގެ ޖަންގަލިތަކުގައި އުޅޭ "ޑާޓް ފްރޮގް" ކިޔާ ބޮކުން ގުދުރަތީ ގޮތުން އުފެދޭ އެއްޗެކެވެ. ނަމަވެސް ބަންދު ކޮށްގެން ގެންގުޅޭ މި ބާވަތުގެ ބޮކުން މި ވިހަ ނުއުފެދޭއިރު، ރަޝިޔާގެ ޤުދުރަތީ މާހައުލުން މި މާއްދާ ނުފެންނާނެ ކަމަށްވެސް މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ރަޝިއާގެ ރަސްމީ ނިއުސް އެޖެންސީން ބުނީ މިއީ ރަޝިއާއާ ދެކޮޅަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *