ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި މިވަގުތު އިސްކޮށް ތިއްބެވި ބޭފުޅުންނަކީ ރައީސް ޔާމީން ދޫކޮށް ނުދާނެ ކަމަށާއި އަމިއްލަ ލެއިން ގުރުބާން ވާންވެސް ތައްޔާރަށް ތިބި ކަމަށް ހުވާ ކުރައްވައިގެން ތިއްބެވި ބޭފުޅުން ކަމަށާއި، އެ ބޭފުޅުން ރައީސް މުއިއްޒު ދޫކުރައްވައި ފިލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ކުރިއަށް ގެންދިޔަ "ލޫޓުވައިފި" މުޒާހަރާއާއި ގުޅިގެން ބަޔަކު ހައްޔަރު ކޮށްފައިވާތީ އެކަމާއި ގުޅިގެން މޫސަ ވިދާޅުވީ، "ހެޔޮވަރު ވަރެއްގެ މުޒާހަރާތައް" ފެންނަން ފެށުމުން އަރިހުގައި ތިއްބެވި ބޭފުޅުން ރައީސް މުއިއްޒު ދޫކުރައްވައި ފިއްލަވާނެ ކަަމަށެވެ.
މުޒަހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް ގޮވާލައި ރައީސް މުއިއްޒަށް ޓެގް ކުރައްވައި މޫސަ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ސިޔާސީ މީހުން ހައްޔަރު ކުރަން ފެށުމަކީ "ފިރިހެނުން ކުދި މުށިމަސް ބޭނުމާއި، އިތުރަށް ކުރާބައެއް ކަންތަށްތަކުގައި" ހިފުން ކަހަލަ އާދައެއް ކަމަށެވެ.
މޫސަ ވިދާޅުވީ، ކޮންމެ މުޒާހަރާއަކުން 100 މީހުން ހައްޔަރު ކުރިޔަސް، އެމްޑީޕީގައި ޖަލަށްދާން ތައްޔާރަށް ތިބި މީހުންގެ އަދަދު މަދުނުވާނެ ކަމަށެވެ.
"މީ ޙަޤީގަތާ ތަޖްރިބާގެ މައްޗަށްދޭ ހެޔޮ ނަސޭޙަތެކެވެ. އަނިޔާވެރިނުވެ ދައުރު ނިންމަވާ ލެއްވޭތޯ ބައްލަވާށެވެ." މޫސަ ވިދާޅުވިއެވެ.





