މަޝްހޫރު ލަވަކިއުންތެރިޔާ ޒުބީން ގެނބިގެން މަރުވެއްޖެ

މަޝްހޫރު ލަވަކިއުންތެރިޔާ ޒުބީން ގެނބިގެން މަރުވެއްޖެ

މަޝްހޫރު، "ޔާ އާލީ" ލަވަކިއުންތެރިޔާ ޒުބީން ގަރްގް ސިންގަޕޫރުގައި ގެނބިގެން އިއްޔެ މަރުވެއްޖެއެވެ.

އޭނާ ސިންގަޕޫރަށް ދިޔައީ ސިންގަޕޫރުގައި އިންޑިއާ އެންބަސީން ބޭއްވި މިއުޒިކް ފެސްޓިވަލެއްގައި، "ކަލްޗަރަލް އެމްބެސެޑަރ" އެއްގެ ގޮތުގައި ބައިވެރިވުމަށެވެ.

ބައެއް މީޑިއާ ތަކުން ބުނީ 52 އަހަރުގެ ޒުވާން ގެނބުނީ، ޔޮޓް ޓްރިޕެއްގައި ލައިފް ޖެކެޓް ނާޅައި، ގޮސް އުޅެނިކޮށް ކަމަށެވެ. އަނެއްބައި މީޑިއާތަކުން ބުނީ އޭނާ ގެނބުނީ އެ ޔޮޓް ޓްރިޕްގައި ސްލޫބާ ޑައިވިންއެއްގައި އުޅެނިކޮށް ކަމަށެވެ.

އޭނާ ގެނބިގެން، ނަގާ ވީޑިއޯތަކެއް ވަނީ އާއްމުވެފައެވެ. އޭރު އޮތީ ލައިފް ޖެކެޓެއް ލައްވައިފައެވެ.

މީޑިއާތަކުން ބުނީ އޭނާ މަރުވީ ގެނބުމުން އޭނާ ސަލާމަތްކޮށް ސިންގަޕޫރު ޖެނެރަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

ސިންގަޕޫރުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭނާގެ ހަށިގަނޑު އިންޑިއާގެ ދިއްލީއަށް ގެނެސް އާސާމަށް ގެންގޮސް އޭނާގެ ބުހާޓީގައި އޭނާގެ ސަޕޯޓަރުންނާއި، ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ މީހުން އޭނާއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމުގެ ކަންތައް މިހާރު ކުރިއަށް އެބަގެންދެއެވެ.

އޭނާ ގެނބިގެން މަރުވި ނަމަވެސް އެ މައްސަލައާ ގުޅިގެން، އޭނާއާ ވަރަށް ގާތް ދެމީހުން ވަނީ ހައްޔަރުކޮށް ތަހުގީގެއް ފަށައިފައެވެ. އެ މައްސަލަ އާސާމްގެ ފުލުހުންވަނީ ހާއްސަ ތަހުގީގެއް ކުރުމަށް ސީއައިޑީއާ ހަވާލު ކޮށްފައެވެ.

ޒުބީން ކިޔާފައިވާ މަޝްހޫރު ލަވަތަކުގެ ތެރެއިން އެންމެ މަޝްހޫރު އަދި އެންމެ ފާހަގަ ކޮށްލެވޭ އެއްލަވަޔަކީ، ފިލްމް "ގޭންގްސްޓާ" އަށް ކިޔައިދީފައިވާ "ޔާއާލީ" މި ލަވައެވެ.

ޒުބީން އަކީ ލަވަކިއުންތެރިއެކެވެ. އަދި އެކްޓަރެއްގެ އިތުރުން އޭނާއަކީ ފިލްމް މޭކަރެކެވެ. އޭނާއަކީ އިންޑިއާގެ އާސާމްގެ އެންމެ ނުފޫޒު ގަދަ ކަލްޗަރަލް އައިކަންއެވެ.

ޒުބީންގެ މަރާ ގުޅިގެން މުޅި ބޮލީވީޑަށް ވަނީ ޝޮކެއް ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply to ކުރީ ސަރުކާރު Cancel reply

Your email address will not be published. Required fields are marked *