ބ. އަތޮޅު ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއްރަހްމާންގެ ސައިކަލު ކަނޑު ފައްތައިފި އެވެ.
އިބްރާހިމް ވިދާޅުވީ މިދިޔަ ބުދަ ދުވަހުގެ ރޭ އޭނާގެ ސައިކަލް ކަނޑު ފެއްތީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.
އެކަން ކުރި މީހުންވެސް އެނގިވަޑައިގަންނަވާ ކަމަށާއި، އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަން ކުރި މީހުންގެ ނަންތައްވެސް ފުލުހުންނަށް ކިޔައިދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ ކައުންސިލް އިންތިހާބުގައި އިބްރާހިމް އަބްދުއްރަހްމާން ވަދަކުރީ އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައެވެ. ނަމަވެސް އިންތިހާބު ކާމިޔަބެއް ނުކުރެވުނެވެ.
އޭނާ ވިދާޅުވީ މި ހާދިސާއަކީ އެކަމުގެ ހަސަދަ ފިލުވާ ލުމެއް ކަމަށެވެ.





