ރާއްޖެއަށް ގިނަ އަދެއްގެ މަސްތުވާތަކެތި އެތެރެކުރަނިކޮށް ހައްޔަރުކުރި އިންޑިއާ ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ޗްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
ދެކިލޯއަށްވުރެ ގިން މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައިގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ހައްހަރުކުރީ އިންޑިއާއަށް ނިސްބަތްވާ ޖެނިފަރ ޕައުލް (34އ) އާއި އުލްފަތު ރަސޫލް (23އ) އެވެ.
މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ފަހަރު މިމަހުގެ ހަތް ވަނަދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް އުރުކުރިއެވެ.
ނަމަވެސް އެ މުއްދަތު ހަމަވާތީ އެދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށްއެދި، އޭނާ ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ދެ ދެމީހުން އިތުރު 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެއިތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.





