ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގައި ހިމެނޭ ސްކީމް ތަކުގެ ތަފުސީލު ހާމަކޮށްފި

ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގައި ހިމެނޭ ސްކީމް ތަކުގެ ތަފުސީލު ހާމަކޮށްފި

ގެދޮރުވެރިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގެ ދަށުން ހުށަހެޅިފައިވާ ދެ ސްކީމްގެ ތަފްސީލުތައް ހާމަކޮށްފި އެވެ.

އެ ޕްރޮގްރާމްގެ ދަށުން ތަޢާރަފްކޮށްފައިވަނީ "ފަހިމާލެ ސްކީމް" އާއި "ސަހަރު ސްކީމް" އެވެ.
ފަހިމާލެ ސްކީމްގެ ތަފްސީލުތައް:

ގިނަވެގެން ދޫކުރެވޭ އަދަދު: ގިނަވެގެން -/6,000,000 (ހަ މިލިއަން) ރުފިޔާ ދޫކުރެވޭނެއެވެ. ނަމަވެސް، ކުދި ބިންކޮޅުތައް (600 އަކަފޫޓަށްވުރެ ކުޑަ) އެއްކޮށްގެން ބިން ތަރައްޤީކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދީ، އެ ފަރާތްތަކަށް ގިނަވެގެން 10 (ދިހަ މިލިއަން) ރުފިޔާއާ ހަމައަށް ލޯނު ދެވޭނެ އެވެ.

ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭ އެންމެ ދިގު މުއްދަތު: 25 އަހަރެވެ. މި މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުންނެވެ.

ގްރޭސް ޕީރިއަޑް: ގިނަވެގެން 18 މަސްދުވަސް ދެވޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ މި ގްރޭސް ޕީރިއަށް ނުހިމަނަ އެވެ.

އިކުއިޓީ ކޮންޓްރިބިއުޝަން: ފެސިލިޓީއަށް ހުށަހަޅާ ފަރާތުން 5 އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭނެ އެވެ.

ރަހުނު: ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރަންޖެހޭނެ އެވެ.

ބާކީ ފައިސާ ދޫކުރުން: ބާކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެ އެވެ.

ސަހަރު ސްކީމްގެ ތަފްސީލުތައް:

މި ސްކީމް ހާއްސަކޮށްފައިވަނީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހައްލު ހޯދައިދިނުމަށެވެ.

ގިނަވެގެން ދޫކުރެވޭ އަދަދު: ގިނަވެގެން -/3,000,000 (ތިން މިލިއަން) ރުފިޔާ ދޫކުރެވޭނެ އެވެ.

ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭ އެންމެ ދިގު މުއްދަތު: 25 އަހަރެވެ. މި މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުންނެވެ.

ގްރޭސް ޕީރިއަޑް: ގިނަވެގެން 18 މަސްދުވަސް ދެވޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ މި ގްރޭސް ޕީރިއަށް ނުހިމަނަ އެވެ.

އިކުއިޓީ ކޮންޓްރިބިއުޝަން: ފެސިލިޓީއަށް ހުށަހަޅާ ފަރާތުން 5 އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭނެ އެވެ.

ރަހުނު: ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރަންޖެހޭނެ އެވެ.

އެޑްވާންސް ޕޭމަންޓް: ގިނަވެގެން 15 އިންސައްތަ ދޫކުރެވޭނެ އެވެ.

ބާކީ ފައިސާ ދޫކުރުން: ބާކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *