ޔުމްނު ވެއްޓުމުގެ ހާދިސާގެ މުޅިން އާ މައުލޫމާތު ތަކެއް، ޔުމްނުއާއި ރައުދު އާއި ދެމެދު ހަމަނުޖެހުމެއް އެ ރޭ ހިނގި!

ޔުމްނު ވެއްޓުމުގެ ހާދިސާގެ މުޅިން އާ މައުލޫމާތު ތަކެއް، ޔުމްނުއާއި ރައުދު އާއި ދެމެދު ހަމަނުޖެހުމެއް އެ ރޭ ހިނގި!

މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖާ ވެއްޓުމުގެ ކުރިން އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަަހުމަދު ޒިލާލް 21، އާ ދެމެދު ހަމަނުޖެހުމެއް ހިނގިކަން އެނގިއްޖެ އެވެ.

އެކަން އެނގިފައިވަނީ ރައުދުގެ ބަންދަށް ފަސް ދުވަހަށް ޖެހުމަށް ނިންމައި ކުރިމިނަލް ކޯޓުންކުރި އަމުރުންނެވެ.

ރައުދުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވަނީ "ތަހްގީގަށް އިތުރަށް އެނގިފައިވާ ގޮތުގައި އަނިޔާ ލިބުނު ފަރާތާއި މީނާއާ ދެމެދު އެރޭ ހަމަނުޖެހުންތަކެއްހިނގާފައިވާ ކަމަށާއ،ި އަނިޔާލިބުނު ފަރާތް ވެއްޓުނު ހާދިސާއަށްފަހ،ު އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އަނިޔާލިބުނު ފަރާތް ކޮބައިތޯ ސުވާލުކުރުމުން ވީތަނެއް ނޭނގޭކަމަށާއ،ި ވެއްޓުނީކަމަށް ބެލެވޭކަމަށް މީނާ ބުނެފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް އައިއޯ ފާހަގަކުރި" ކަމަށެވެ.

ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރި އެވެ. އަދި އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ފުލުހުން ކުރެ އެވެ.

ކޯޓު އަމުރުގައިވާ ފުލުހުން ރައުދު ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށެވެ. ރައުދު ހައްޔަރުކުރުމަށް ފުލުހުން އަމަލުކުރި ގޮތުން މުވައްކިލާ ވަކީލުންނާ ބައްދަލުކުރެވިފައި ނުވާކަމަށާއި ފުރިހަމައަށް ޖަވާބުދާރީވެދިފާއިވެވޭނީ މުވައްކިލާ ބައްދަލުވެގެން ކަމަށް ވަކީލުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

ވަކީލު ބައްދަލުވުން ހަމަޖެހުނު ނަމަވެސް ހުކުރު ދުވަހުގެ އިންތިޒާމް ހުންނަ ގޮތުން ދޫނިދޫއަށް ގޮސްފިނަމަ މުއްދަތު މަޖިލީހަށް ހާޒިރު ނުވެވިދާނެކަމަށް ބެލެވޭތީ ފުލުހުން ގާތު އިތުރު އިންތިޒާމްއެ އްހަމަޖެއްސައިދިނުމަށް އެދުނު ނަމަވެސް އެކަން ކޮށްދީފައި ނުވާކަމަށް ވަކީލު ފާހަގަކުރި ކަމަށް އަމުރުގައިވެ އެވެ.

"މީނާއަކީ ޒިންމާދާރު ވަޒީފާއެއްގައި އުޅޭ ފަރާތެއްކަމަށާއި އިތުރު ރެކޯޑެއްވެސް ނެތް ފަރާތެއްކަމަށް ވަކީލު ބުނ.ި ފުލުހުންގެ ޕްރެސް ބްރީފިންތަކުގައި ވެސް މީނައާ އަނިޔާ ލިބުނު ފަރާތްވެސް ތިބީ މަސްތުގެ ހާލުގައިކަމަށާއި އަދިއަނިޔާލިބުނު ފަރާތް ވެއްޓުމުގައި މީނާގެ ބައިވެރިވުމެއް ނެތްކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވާކަމަށް ވަކީލުންބުނ." އަމުރުގައި ބުންޏެވެ.

ވަކީލުގެ ފަރާތުން އެކަންކަން ފާހަގަކުރި ނަމަވެސް ކޯޓު އަމުރުގައި ބުނީ ރައުދުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ރައުދަށް ކުރަނީ އުސްތަނަކުން ވެއްޓި ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބުންކަމުގެ ތުހުމަތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *