2026 ވަނަ އަހަރު އެމެރިކާ ބައްރުގައި އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައި މެޗުތައް ކުޅެގެން ކޮލިފައިވި ފުރަތަމަ ޓީމަކަށް ޖަޕާނު ވެއްޖެއެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕަށް ޖަޕާނު ކޮލިފައިވީ ބަހްރޭނުގެ މައްޗަށް ހޯދި 2-0 ގެ މޮޅުންނެވެ. މިމެޗުގައި ޖަޕާނުގެ 2 ގޯލު ޖަހައިދިނީ ކްރިސްޓަލް ޕެލަސްގެ ޑައިޗީ ކަމާޑާ އާއި ރެއާލް ސޮސިއެޑާޑްގެ ޓަކެފޫސާ ކޫބޯއެވެ. ޖަޕާނަކީ އޭޝިޔާގެ އެންމެ ވަރުގަދަ އެއްބާރެވެ. އެ ޓީމު އަންނަނީ 1988 ވަނަ އަހަރުން ފެށިގެން ކޮންމެ ފަހަރަކުވެސް ވޯލްޑް ކަޕުން ޖާގަ ހޯދަމުންނެވެ. 2002 ވަނަ އަހަރު ވޯލްޑް ކަޕްގެ މެޗުތަކެއްވެސް އެ ގައުމުގައި ކުޅެފައިވެއެވެ. އެއީ ޖަޕާނާއި ދެކުނު ކޮރޮޔާގައި މުބާރާތް އޮތް ފަހަރެވެ. އެފަހަރު ދުނިޔޭގެ ގަދަ 16 ންވެސް ޖަޕާނު ޖާގަ ހޯދިއެވެ.
މި ގްރޫޕްގައި ދެން އެންމެ ކުރީގައި އޮތީ އޮސްޓްރޭލިއާއެވެ. ދެން މި ގްރޫޕްގައި ހިމެނެނީ ބަހްރޭން، ސައުދީ އަރަބިއްޔާ، އިންޑޮނޭޝިޔާ، އަދި ޗައިނާއެވެ.
އެމެރިކާ ބައްރުގައި އޮންނަ މިފަހަރުގެ ވޯލްޑް ކަޕް މުބާރާތް އޮންނާނީ އަންނަ އަހަރުގެ ޖޫން 11 އިން ޖުލައި 19 އަށެވެ.