އަލީ ވަހީދުގެ ކޯޗު ކަމުގައި އިނގިރޭސި ލީގެއްގެ ޗެމްޕިއަންކަން ސައުތު ލަންޑަން ހޯދައިފި

އަލީ ވަހީދުގެ ކޯޗު ކަމުގައި އިނގިރޭސި ލީގެއްގެ ޗެމްޕިއަންކަން ސައުތު ލަންޑަން ހޯދައިފި

ނިއުރޭޑިއަންޓުގެ ކުރީގެ ޗެއާރމަން، އަދި މިހާރު ފުޓްބޯޅަ ކޯޗިންގ ދާއިރާއިން ކުރިއެރުން ހޯދަމުން އަންނަ އަލީ ވަހީދުގެ ކޯޗު ކަމުގެ ދަށުން ކުޅެމުން އަންނަ އިނގިރޭސި ކުލަބެއް ކަމުގައިވާ އޭއެފްސީ ސައުތު ލަންޑަން ކުލަބު އެ ގައުމުގެ ލީގެއްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އަލީ ވަޙީދުގެ ކޯޗު ކަމުގައި ސައުތު ލަންޑަން ޗެމްޕިއަންކަން ހޯދީ އިނގިރޭސި ގްރާސްރޫޓްސް ލީގް ބޮބް ޑިކްސަން ލީގު 1 އެވެ. މި މުބާރާތަކީ އިނގިރޭސި އެފްއޭ އެފްލިއޭޓެޑް މުބާރާތެކެވެ.

މި ލީގުގެ ޗެމްޕިއަންކަން އެ ކުލަބު ހޯދީ ބާކީ އަދި ތިން މެޗު ނުކުޅެ އޮއްވައެވެ. އައްޔަގެ ކޯޗު ކަމުގައި އެ ޓީމު ލީގުގައި 13 މެޗު ކުޅުނުއިރު، އޭގެތެރެއިން 11 މެޗުން ވަނީ މޮޅުވެފައެވެ. އެއްމެޗުން އެއްވަރުވިއިރު، ބަލިވީވެސް އެންމެ މެޗަކުންނެވެ.

ސައުތު ލަންޑަންގެ ކޯޗުކަމާ އަލީ ވަޙީދު ހަވާލުވީއިރު އެ ޓީމު އޮތީ 8 ވަނައިގައެވެ. ނަމަވެސް އޭގެފަހުން ޓީމު ވަނީ ވަރުގަދަކޮށް، އިދިކޮޅު ޓީމުތަކަށް ރަނގަޅު ފައިޓެއްދީ ކުރިއެރުން ހޯދާފައެވެ.

ނިއުރޭޑިއަންޓުގެ ޗެއާރމަން ކަމުގައި ނިއުރޭޑިއަންޓަށްވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދިން އަލީ ވަޙީދު ސިޔާސީ ދާއިރާގައި އުޅުއްވި ނަމަވެސް، އޭނާ މިހާރު ބޮޑަށް ސަމާލުކަން ދެނީ ފުޓްބޯޅައިގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ. އެގޮތުން އޭނާ ވަނީ އިނގިރޭސި ވިލާތުން ޔޫއެފާ ބީ ހާސިލު ކޮށްފައެވެ. އަދި އަލީ މިހާރު ދަނީ ޔޫއެފާ އޭ ލައިސަންސަށް ތަޖުރިބާ ހޯދަމުންނެވެ. އޭނާނތަމްރީނު ހަދަމުން ދަނީ އިނގިރޭސި އެފްއޭ އަދި ވޭލްސް އެފްއޭގައެވެ. ވޭލްސް އެފްއޭއަކީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ތިއަރީ އޮންރީ އަދި ޕެޓްރިކް ވިއެރާ ފަދަ ތަރިން ޔުއެފާގެ ކޯޗިން ތަމްރީނުތައް ހެދި އެފްއޭއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *