ގާނޫނޫއަސާސީގެ ދިފާއުގައި އެމްޑީޕީގެ ބޮޑު ޖަލްސާއެއް، މުޅި ރާއްޖެއަށް ދައުވަތު ދީފި

ގާނޫނޫއަސާސީގެ ދިފާއުގައި އެމްޑީޕީގެ ބޮޑު ޖަލްސާއެއް، މުޅި ރާއްޖެއަށް ދައުވަތު ދީފި

ރައްޔިތުން ބުރަ އާއި ވޭނާ ތަކުލީފް އުފުލައިގެން ހޯދި ގާނޫނު އަސާސީ ވެއްޔާ މޮޑެލާ އަސާސީ ހައްގުތައް ޑރ. މުއިއްޒު ސަރުކާރުން ނިގުޅައިގެންފި ކަމަށް ބުނެ ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޮޑު ޖަލްސާއެއް މާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.

ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ގެ ނަމުގައި އެ ޖަލްސާ ބާއްވަން ނިންމާފައި ވަނީ ޑިސެމްބަރު 10 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގަ އެވެ. އެއީ ރާއްޖޭގެ މަސްވެރިންގެ ދުވަހާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ވެސް މެ އެވެ.

މިއީ ގިނަ ބަޔަކު ބުރަ މަސައްކަތުން ހޯދި ގާނޫނު އަސާސީ އަށް އެއްވެސް ބެލުމެއް އަދި ރައްޔިތުން ކައިރިން އަހާލުމެއް ވެސް ނެތި ބަދަލުތައް ގެންނާތީ އާއި ފަރުދީ އަދި އަސާސީ މިނިވަންކަން ސަރުކާރުން ނިގުޅައިގަންނަމުންދާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ ޖަލްސާއެއް ކަމަށް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން ރޭ މާލޭގައި ބޭއްވި ހަރުގެ ޖަލްސާގައި ޑިސެމްބަރު 10 ގެ ބޮޑު ޖަލްސާގެ ތައްޔާރީތައް އިއުލާނުކޮށް އިތުރަށް ބުނީ، ރައްޔިތުންނަކީ ވެރިންގެ އަޅުންގެ ގޮތުގައި ގެންގުޅުނުތާ އެތައް ޒަމާނެއް ފަހުން، ރައްޔިތުންގެ އަސާސީ ހައްގުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ފަދަ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ.

މި ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެރިރަށް މާލެ އަށް އައުމަށް އެމްޑީޕީން ވަނީ ދައުވަތު ދީފަ އެވެ.

"ގާނޫނުއަސާސީގެ ދިފާއު" ގެ ނަމުގައި އެމްޑީޕީން ޖަލްސާއެއް މި ބާއްވަނީ މި ސަރުކާރުން ގާނޫނުއަސާސީ އަށް މިދިޔަ ހަފްތާ ތެރޭގައި ގެނައި ކުއްލި އަވަސް އިސްލާހުތަކާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *