ބަސް ލަސްވުމުގެ ސަބަބުން ކެނެޑާ ފްލައިޓް ކަޓައިގެން ދިޔަ ތިން ފަސިންޖަރަކަށް 2.33 ލައްކަ ރުޕީސް ދޭން ކޯޓުން އަމުރުކޮށްފި

ބަސް ލަސްވުމުގެ ސަބަބުން ކެނެޑާ ފްލައިޓް ކަޓައިގެން ދިޔަ ތިން ފަސިންޖަރަކަށް 2.33 ލައްކަ ރުޕީސް ދޭން ކޯޓުން އަމުރުކޮށްފި

އިންޑިއާގެ ދިއްލީ އެއާޕޯޓަށް ބަސް ދިއުން ލަސްވުމުގެ ސަބަބުން، ކެނެޑާއަށް ފުރަން އޮތް ބައިނަލްއަޤްވާމީ ފްލައިޓް ކަޓައިގެން ދިޔަ ތިން ފަސިންޖަރަކަށް ބަދަލުގެ ގޮތުގައި ޖުމްލަ 2.33 ލައްކަ އިންޑިއަން ރުޕީސް ދެއްކުމަށް ބަހުގެ ޚިދުމަތް ދޭ ކުންފުންޏެއްގެ މައްޗަށް ކޮންސިއުމަރ ކޮމިޝަނުން އަމުރުކޮށްފިއެވެ.

މި މައްސަލަ ބެއްލެވި ކޮމިޝަންގެ ރައީސް ޑރ. ހަރުވީން ބާރްދުވާޖް އާއި މެންބަރުން ކަމަށްވާ ޖޯތުސްނާ އަދި ޖަސްވަންތު ސިންގް ދިއްލޯން ހިމެނިވަޑައިގަންނަވާ ބެންޗުން ފާހަގަކުރެއްވި ގޮތުގައި، ބަސް އެއާޕޯޓަށް ވާސިލުވާން ތާވަލުކޮށްފައި އޮތް ގަޑިއަށްވުރެ ގާތްގަނޑަކަށް ދެ ގަޑިއިރު ލަސްވެފައިވެއެވެ. އަދި ބަސް ލަސްވުމަށް ދިމާވި މަޤްބޫލު އުޒުރެއް ނުވަތަ އެކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ޚިދުމަތް ދިން ފަރާތަށް ހުށަހެޅިފައި ނުވާ ކަމަށްވެސް ކޮމިޝަނުން ނިންމިއެވެ.

ކޮމިޝަނުން ނެރުނު އަމުރުގައި، ފަސިންޖަރުންނަށް ލިބުނު މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,03,000 (ދެލައްކަ ތިންހާސް) ރުޕީސް ދެއްކުމަށް އަންގާފައިވެއެވެ. މީގެ އިތުރުން، މި ހާދިސާގެ ސަބަބުން ފަސިންޖަރުންނަށް ލިބުނު ނަފްސާނީ އުނދަގުލާއި ހާސްކަމުގެ ބަދަލެއްގެ ގޮތުގައި 20,000 ރުޕީސް އަދި ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި 10,000 ރުޕީސް ދެއްކުމަށްވެސް އެ ކުންފުނީގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މި ޙުކުމާއެކު، ދަތުރުފަތުރުގެ ޚިދުމަތް ދޭ ފަރާތްތަކުގެ އިހުމާލުން ގަޑިއަށް ޚިދުމަތް ނުދެވި ފަސިންޖަރުންނަށް ލިބޭ ގެއްލުމުގެ ޒިންމާ އެ ކުންފުނިތަކުން އުފުލަންޖެހޭނެކަން ވަނީ ކަށަވަރުވެގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *