ހުޅުމާލޭގައި ހަތިޔާރު ބޭނުންކޮށް މާރާމާރީއެއް ހިންގަން އުޅުނު ބަޔަކު ފުލުހުން ހުއްޓުވައިފި

ހުޅުމާލޭގައި ހަތިޔާރު ބޭނުންކޮށް މާރާމާރީއެއް ހިންގަން އުޅުނު ބަޔަކު ފުލުހުން ހުއްޓުވައިފި

ހުޅުމާލޭގައި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގަން އުޅުނު ބަޔަކު ފުލުހުން ހުއްޓުވައިފިއެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭކަމުގެ ރިޕޯޓް ލިބިގެން، ރޭ 22:50 އާ ގާތްގަނޑަކަށް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވި ކަމަށެވެ.

އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު، އޭނާ ހުރި ތަނުގެ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ފެނުނުކަމަށާއި، އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއްވެސް ފެނުނު ކަމަށް ފުލުހުން ބުނެފިއެވެ. އެ ސަރަހައްދު އިތުރަށް ބަލައި ފާސްކުރުމުން އިތުރު ދެ ބަޔޮނެޓްވެސް ފެނިފައިވެއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކުވެސް ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *