ރައީސްގެ އެންގެވުމާ އެއްގޮތަށް ސިޔާސީ މީހުން ވަކިކުރި ކަމަށް ރުދާހުންވެސް ޚަރަދަކުންވެސް ނުދައްކާ: ޣަފޫރު

ރައީސްގެ އެންގެވުމާ އެއްގޮތަށް ސިޔާސީ މީހުން ވަކިކުރި ކަމަށް ރުދާހުންވެސް ޚަރަދަކުންވެސް ނުދައްކާ: ޣަފޫރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް ސިޔާސީ މީހުން މަގާމުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުގެ ހަރަދުތަކުން ނުދައްކާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފޫރު ވިދާޅުވީ މި އަހަރު ރިކަރަންޓު ޚަރަދު 1.5 ބިލިއަން ރުފިޔާއިން އިތުރުވެފައިވާ ކަމަށާއި، ރައްޔިތުންގެ އަތުން އިތުރަށް ޓެކްސް ނަގަން އުޅޭއިރު އެ ޚަރަދުތައް ކުޑަކުރަން ޖެހޭ ކަމަށެވެ.

"ކޮބައިތޯ ކަނޑާލި 280 މުވައްޒަފުންނަކީ؟ އެ މީހަކު ނެތް. ސަރުކާރުން އެބަ ބުނޭ ކަނޑައިފީމޭ. ޚަރަދަކުން ނުދައްކައޭ އަދި އެ މީހާ ވެސް އޮފީހަށް ނުދާ މީހެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ޣަފޫރު ވިދާޅުވި އެވެ.

 ސަރުކާރުން ކޮންމެ ކަމެއް ފޮރުވައި، އަވަސް އަރުވާލައިގެން، އެކަމެއް ކުރަން ޖެހޭ އުސޫލުން ބޭރުން އަމަލު ކުރާ މަންޒަރު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިކަރަންޓު ހަރަދު ބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ރިކަރަންޓު ހަރަދުން ހަރަދު ކުރަން ޖެހެނީ ރައްޔިތުންނަށް، ރައްޔިތުންނަށް ދެ ހަރަދުތައް އެ ދަނީ ދުވަހުން ދުވަހަށް އުނިކުރަމުން، ހިފަހައްޓަމުން، ބަންދުކުރަމުން،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިހާތަނަށް ފާސްކުރާނެ އެންމެ ބޮޑު ބަޖެޓުކަން ފާހަގަކުރައްވައި ޣަފޫރު ވިދާޅުވީ މެންބަރުންނަށް އަދިވެސް ބަޖެޓު ފޮތް ލިބިފައި ނުވާ ކަމަށެވެ. އަދި މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ބަޖެޓުގެ މަސައްކަތްތައް ނިންމަން ޖެހޭއިރު، ކުރިއަށް މި އޮތް ދުވަސްތަކުގައި ބަޖެޓު ދިރާސާކޮށް ނިންމޭނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ބަޖެޓު ދިރާސާ ކުރަން ކުރު މުއްދަތެއް ދެނީ ސަރުކާރުން ރާވައިގެން ކަމަށް ޣަފޫރު ތުހުމަތު ކުރެއްވިއެވެ.

"ބޭނުމަކީ އެ ދިރާސާކޮށް، އެއާމެދު ބަހުސްކޮށް ވަގުތު ލިބިގެން އެކަން ކުރަން ފުރުސަތު ނުދިނުން. އެއީ ކަމެއް އޮޅުވާލުމަށާއި ކަންކަން ހުރި ގޮތް ސާފުނުކޮށް ދިނުމަށާއި ވައްކަމަށް މަގުފަހިވާ ގޮތަށް އާންމުކޮށް ކަންކަން ކުރާ އުސޫލު އެއީ،" އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *