ޚަރަދު ކުޑަނުކޮށް، ޓެކްސް ބޮޑުކޮށް، މުސާރައިން ބައެއް ނެގުމަށް ނިންމުމަކީ ޚުދުމުހުތާރު ވެރިކަމާ ދިމާލަށް ރަނގަބީލު ޖެހުން: ޝާހިދު

ޚަރަދު ކުޑަނުކޮށް، ޓެކްސް ބޮޑުކޮށް، މުސާރައިން ބައެއް ނެގުމަށް ނިންމުމަކީ ޚުދުމުހުތާރު ވެރިކަމާ ދިމާލަށް ރަނގަބީލު ޖެހުން: ޝާހިދު

މި ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތައް ކުޑަނުކޮށް އަދި ރައްޔިތުންގެ އަތުން ބޮޑު ޓެކްސްއެއް ނެގުމަށް ނިންމުމަށްފަހު، ވަޒީފާތަކުގައި އުޅޭ މީހުންގެ މުސާރައިން ބަޔެއް ނަގަން ސަރުކާރުން ނިންމި ނިންމުމަކީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމުގެ ރަނގަބީލެއް ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރައިގެ 50 ޕަސަންޓު ނެންގުވުމަށް ނިންމައި، އެކަން އިއުލާން ކުރައްވައިފައެވެ. އަދި ވަނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި މީހުންގެ މުސާރައާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމަވައި އެކަންވެސް އިއުލާން ކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ ކުންފުނިތަކުންގެ މުވައްޒަފުންގެ މުސާރައިން 10 ޕަސަންޓް ކެނޑުމަށް ނިންމާފައިވާ ކަމަށެެވެ.

އެ ނިންމުންތަކަށް ފާޑު ވިދާޅުވެ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސްގެ އެ ނިންމެވުން ދޭހަވެގެންދަނީ ރައްޔިތުން ދޫކޮށް އަމިއްލަ ޖާހަތައް މަސައްކަތް ކުރުން ކަމަށެވެ.

"ސަރުކާރުގެ ބޭކާރު އިސްރާފު ޚަރަދުތައް ކުޑަ ނުކޮށް، ރައްޔިތުން އަތުން ޓެކްސް ބޮޑުކޮށް، ހަމަ އެ ރައްޔިތު މީހާގެ މުސާރައިން ބައެއް ނެގުމަށް ނިންމިކަމީ، ރައްޔިތުން ދޫކޮށް އަމިއްލަ ޖާހަތަށް ޚުދުމުޚްތާރު ވެރިކަމަކަށް ސަރުކާރު މިސްރާބުޖެހި ކަމުގެ ރަނގަބީލު" ޝާހިދު ވިދާޅުވި އެވެ.
ޝާހިދުގެ އިތުރުން އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއީލްވެސް ވަނީ ސަރުކާރުން ނިންނި އެ ނިންމުމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *