ހުޅުމާލެއިން ދޫކުރާ ޕާކިން ސްލޮޓުތަކަށް ކުރިމަތިލުމުގެ މުއްދަތު ބުރާސްފަތި ދުވަހަށް އިތުރުކޮށްފި

ހުޅުމާލެއިން ދޫކުރާ ޕާކިން ސްލޮޓުތަކަށް ކުރިމަތިލުމުގެ މުއްދަތު ބުރާސްފަތި ދުވަހަށް އިތުރުކޮށްފި

ހުޅުމާލެއިން، މަހަކު 2000 ރުފިޔާއަށް ދޫކުރާ ޕާކިން ސްލޮޓް ތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެޗްޑީސީ އިން ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެޗްޑީސީ އިން ބުނީ، މިހާރު މުއްދަތު އިތުރު ކޮށްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ ޕާކިން ސްލޮޓުތައް އަށް ޒޯނެއްގައި ގާއިމް ކޮށްފައިވާނެ ކަމަށެވެ. ޖުމްލަ ދޫކުރާ ސްލޮޓުގެ އަދަދަކީ 1،374 އެވެ. ސްލޮޓު ދޫކުރާ މުއްދަތަކީ އެއް އަހަރު ދުވަހެވެ. މަހު ފީއަކީ 2000 ރުފިޔާއެވެ.

އެޗްޑީސީ އިން ބުނީ 18 އަހަރު ވެފައިވާ ކޮންމެ މީހަކަށްވެސް ސްލޮޓަށް ކުރިމަތި ލެވޭނެ ކަމަށެވެ. އަދި ޕާކިން ޖާގައަށް އެދޭ ފަރާތުގެ ނަންމަތީގައި، މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ ބީ1 ނުވަތަ ސީ1 ގެ ވެހިކަލްއެއް އޮންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ޕާކިން ހޯދަން އެދޭ ފަރާތަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކަށްވެސް ވާންޖެހޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި މި ސްލޮޓްތައް ދޭއިރު އިސްކަން ދޭނީވެސް ހުޅުމާލެއަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކަށް ކަމަށްވެސް ވަނީ ބުނެފައެވެ.

އެޗްޑީސީ އިން ނިންމާފައި ވަނީ ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން ސްލޮޓްތައް ދޫކުރާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *