އޮފް ޝޯ ބަންކަރިންގެ ޚިދުމަތް ފެށީ ފައިދާ ވާނެކަން ޔަގީން ވާތީ: ސައީދު

އޮފް ޝޯ ބަންކަރިންގެ ޚިދުމަތް ފެށީ ފައިދާ ވާނެކަން ޔަގީން ވާތީ: ސައީދު

ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް އޮފްޝޯކޮށް ފެށީ، އެއީ ވިޔަފާރި ފައިދާ އެންމެ ފައިދާ ބޮޑުވާނެ ގޮތްކަމަށްވާތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުށީގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ބިމެއް ހިއްކައިގެން އެފަދަ ހިދުމަތެއް ދެވޭނީ އެ މަސައްކަތަށް އެކަށީގެންވާ ޑިމާންޑެއް އުފެއްދިގެން ކަމަށެވެ. އެގޮތުން، ރާއްޖެއަށް މިވަގުތު އެންމެ ފައިދާ ހުރި ގޮތަކީ އޮފް ޝޯކޮށް ހިދުމަތް ފަށައި ހިދުމަތް އިޝްތިހާރުކޮށް ޓްރެފިކް ހޯދުން ކަމަށާއި މީގެ ސަބަބުން ވިޔަފާރިއަށް ފަރިތަވެގެންދާނެކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިޝަން ކޮންމެ ހިސާބަކަށް ދިޔަޔަސް، ކޮންމެ އަތޮޅެއްގައި މިކަހަލަ ކަމެއް ކުރިކަމުގައިވިޔަސް އެ މާކެޓް އިންޓްރޮޑިއުސްކޮށްގެން ނޫންގޮތަކަށް މިކަން ކުރެވޭކަށް ނޯންނާނެ. އެހެންވީމަ އަޅުގަނޑުމެން ޝައްކެއް ނުކުރަން މި ޓްރެފިކްގެ އެސްޓީއޯއިން ޓާގެޓް ކުރަނީ އެންމެ ޕަސެންޓަކަށް ކަމުގައިވިޔަސް އަޅުގަނޑުމެންނަށް މިތާގައި އޮންޕޯޓް ހިދުމަތް ފެށުމަށް ހެޔޮވަރު އަދަދެއް އެއީ." ސައީދު ވިދާޅުވި އެވެ.

ރާއްޖެ އޮތް ސަރަހައްދަކީ މުހިންމު ސަރަހަދެއް ކަމަށާއި މި ސަރަހައްދުން ދުވާލަކު 300 އެއްހާ ބޯޓު ހުރަސްކުރާއިރު އޭގެ ކުޑަ އިންސައްތައެއް ރާއްޖެއަށް ލިބިގެންދިއުމަކީވެސް ކުރިއެރުމެއް ކަމަށް ސައީދު ވިދާޅުވި އެވެ.

ސަރުކާރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ހިދުމަތެއް ފެށިގެން ދިއުމުން ބަންކަރިންގެ ހިދުމަތުގައި އެސްޓީއޯއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ވިޓޯލް ކުންފުނިންވެސް ރާއްޖެއަށް އިތުބާރުކުރާ ކަމަށް ސައީދު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *