ޑްރަގް މައްސަލައަކާއި، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ބޭނުންނާ މީހަކު ފުލުހުން ހޯދަން ފަށައިފި

ޑްރަގް މައްސަލައަކާއި، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ބޭނުންނާ މީހަކު ފުލުހުން ހޯދަން ފަށައިފި

ޑްރަގް މައްސަލައަކާ ގުޅޭ މީހަކާއި، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ބޭނުންނާ މީހަކު ހޯދުމުގެ މަަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ހޯދަމުން ދަނީ އަހުމަދު އައިމަން، ރ. މާކުރަތު / ނީލޯފަރުގެ (29އ) ކަމަށެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރުފަހު، 14؛00 އށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވާން، ފުލުހުން ވަނީ އޭނާގެ ވަނަވަރު އާއް މުކުރުމަށްފަހު، އަންގައިފައެވެ.

ފުވައްމުލަކު ސިޓީ ޕޮލިހުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ހޯދަމުން ދަނީ އަޙްމަދު ޝިނާޒް، ސ. ހިތަދޫ / ތުޅާދޫގެ (40އ) އެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ 13:00 އަށް ހާޒިރުވާން، ފުލުހުން ވަނީ އަންގައިފައެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *