ޑްރަގް ޓްރެފިކު ކުރި މީހަކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ޑްރަގް ޓްރެފިކު ކުރި މީހަކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، އުމުރު ދުވަހަަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައިގައި ހަސަން އާމިރު ބ. މާޅޮސް ފިނިފެންމާގެ، އަށް ހުކުމްކުރީ، އޭނާ ދުއްވާ "ހުވަން" ކޯންޗުން މައްސުވާތަކެތި ގެންދާ ކަމަށް އިންޓެލިޖެންސް އިން ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭ އެއް ނަމްބަރު ޖެޓީ ކައިރިން އޭނާ އަތުލައިގަނެ އޭނާގެ ފަޓްލޫނު ޖީބުންނާއި އެ ލޯންޗުން މަސްތުވާކެތި ހޯދި މައްސަލައިގައެވެ.

އެ ދައުވާއަށް އިންކާރު ކުރަމުން ކޯޓުގައި އޭނާ ބުނެފައި ވަނީ، އޭނާގެ ޖީބަށް އެތަކެތިލީ ސައިކަލުގައި އަދި އެމީހެއް ކަމަށާއި، އެ ތަކެތި އޭނާގެ ޖީލަށް ލީކަން އެނގުނީވެސް ފުލުހުން އެތަކެތި ނެގުމުން ކަމަށެވެ.

އޭނާގެ މައްޗަށް ކުރީ، ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކު ކުރުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތު ވުމުން ކުށުގެ އުގޫބާތެއްގެ ގޮތުން އުމުރަށް ޖަލަށް ލުމާއެކު 1000،000 ރުފިޔާއިން ޖޫރިނާ ކުރުމަށް ހުކުމްކޮށް މިފައިސާ 12 މަސް ދުވަހުގެ ތެރޭގައި ދެއްްކުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *