ގައުމު މިހާލަތަށް ވައްޓައިލި ކުރީ ސަރުކާރުގެ ވެރިންގެ މައްސަލަތައް ބަލާނަން: އަބްދުއްރަހީމް

ގައުމު މިހާލަތަށް ވައްޓައިލި ކުރީ ސަރުކާރުގެ ވެރިންގެ މައްސަލަތައް ބަލާނަން: އަބްދުއްރަހީމް

ރާއްޖޭގެ އިގްތިސޯދު ނާޒުކު ހާލަތަކަށް ވައްޓާލި ކުރީ ސަރުކާރުގެ ވެރިންގެ މައްސަލަތައް މި ސަރުކާރުން ބަލާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ މާލީ ދަތިކަމައް ކުރިމަތިވެގެން މިއުޅެނީ މި ސަރުކާރުގެ ސަބަބުން ނޫން ކަމަށެވެ. އެއީ ކުރީ ސަރުކާރުގައި ތިއްބެވި ވެރިންގެ ހިޔާނާތުގެ ސަބަބުން އުފެދުނު ހާލަތެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. މިހާތަލަށް ގައުމު ވެއްޓޭނެ ވާހަކަ އިދިކޮޅުގައި ތިއްބެވިއިރު ޕީއެންސީގެ ވެރިންނާއި މަޖިލިސް މެންބަރުން ތަކުރާރުކޮށް ދެއްކެވި ކަމަށެވެ.

"އެއްގޮތަކަށްވެސް ކަންބޮޑުވެވަޑައިނުގަންނަވާ. ދައުލަތަށް ހިޔާނާތްތެރިވެފައި އޮތިއްޔާ އެބޭފުޅެއްގެ މައްސަލަ މި ސަރުކާރުން ބަލާނެ. އަދި މި ސަރުކާރުގައި އެ ހިތްވަރު ހުންނާނެ. ރައީސް މުއިއްޒު ވަޑައިގަތީ ގާނޫނީ ވެރިކަމެއް ކުރެއްވުމަށް. އެކަމަށް ރައީސް މުއިއްޒު އިންތިހާބުކުރީ އެކަމަށް ރައްޔިތުން ޖާގަދިނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއަދުގެ މިހާލަތަށް ސަބަބު އެއީ ކުރީ ސަރުކާރުގެ ވެރިންގެ ހިޔާނާތް. މިއީ ނޭނގި ތިއްބައި އައި ހާލަތެއް ނޫން. މި ހާލަތު އަންނާނެ ވާހަކަ ކުރިންވެސް ދެއްކިން،"

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ކެބިނެޓާއި އަދި މަޖިލީހުގެ ތެރެއިން ކުރައްވަމުންދާ މަސައްކަތަކީ މިހާރު މިއޮތް މާލީ ހާލަތުން އަރައިގަނެ އިގްތިސޯދު ހަމަޔަކަށް އެޅުވުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ކުރީ ސަރުކާރުގެ ވެރިންގެ މައްސަލަ ބެއްލެވި ނަމަވެސް ސިޔާސީ ގޮތުން އެއްވެސް މީހަކަށް ފިޔަވަޅު ނާޅާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *