ކުޑަކުއްޖަކަށް އަނިޔާކޮށް މާރާމާރީ ހިންގި އަންހެނަކު ހޯދަނީ

ކުޑަކުއްޖަކަށް އަނިޔާކޮށް މާރާމާރީ ހިންގި އަންހެނަކު ހޯދަނީ

ކުޑަކުއްޖަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ކުޑަކުއްޖެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއްގައި ޝަފުރާ އަބްދުﷲ އާދަމް ގދ. ގައްދޫ / ދިލާވަރުގެ 25 އަހަރު ހޯދަމުންދާ ކަމަށެވެ.

"ހޯދަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން" ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ޝަފުރާ ހޯދަނީ މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ސުވާލު ކުރުމަށެވެ.

ޝަރުފާ ހޯދަން އިއުލާންކުރީ ސީދާ ކޮން ކުއްޖަކަށް އަނިޔާކުރި މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *